
ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ ހުޅުދޫގެ ކެންޑިޑޭޓުން
ރައީސްކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސް ބާއްވަނީ!
އެޑްމިން | 30 މާރިޗް 2026 | 12:34:57
ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުދޫ އަދި މީދޫ ދާއިރާގެ ރައީސް ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސް ބޭއްވުމަށް ނިންމައިފިއެވެ.
މި ބަހުސްގެ ކަންކަން އިންތިޒާމު ކުރައްވާ ފަރާތްކަމަށްވާ އިމާދު ލަތީފް މައުލޫމާތު ދެެއްވާގޮތުގައި ހުޅުދޫގެ ކެންޑިޑޭޓުންގެ މެދުގައި ބޭއްވޭ ބަހުސް ފެށުމަށް ހަމަޖެހިފައިވާނީ މިރޭ (30 މާރޗް 2026) ވަަނަ ދުވަހު ރޭ 8:30 ގަރެވެ. ހުޅުދޫގެ ކެންޑިޑޭޓުން މެދުގައި ބޭއްވޭ ބަހުސް ބާއްވަނީ ހުޅުދޫ ސްކޫލް ހޯލްގައެވެ. އަދި މީދޫގެ ކެންޑިޑޭޓުންގެ މެދުގައި ބޭއްވޭ ބަހުން އޮންނީ މާދާރޭ މީދޫގައެވެ

ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ މީދޫ ކެންޑިޑޭޓުން
މި އިންތިހާބުގައި ހުޅުދޫ ކައުންސިލްގެ ރައީސް ކަމަށް 3 ކެންޑިޑޭޓުން އަދި މީދޫ ކައުންސިލްގެ ރައީސް ކަމަށް 3 ކެންޑިޑޭޓުން ވާދަ ކުރައްވައެވެ. މި ބަހުސްތައް ރާއްޖެ ޓައިމްސް އަދި އެމްއެމްޓީވީ އިން ލައިވް ކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ.

.
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް