ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރުކެނޑިޑޭޓުން
މުޙައްމަދު ޝާހިދު – ހުޅުދޫ ދާއިރާގެ މެމްބަރ
ހުޅުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޝާހިދުގެ ޚާއްސަ މެސެޖެއް!
އެޑްމިން
ހުޅުދޫގެ ލޮބުވެތި ރައްޔިތުން.

ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކުރާ ކޮމެޓީގެ އިންތިހާބު 2026ގެ ވޯޓަކީ ހުޅުދޫ ތާރީޚްގައި ލިޔެވިގެންދާނެ މުހިންމު ވޯޓެކެވެ. ވޭތުވެދިޔަ 15 ވަރަކަށް އަހަރު ހުޅުދޫގެ ރައްޔިތުންގެ އަޑު ގާތުން އައްސަވައި ރައީސުލްޖުމޫހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވަނީ، ވަކި ކައުންސިލެއް ކަށަވަރު ކޮށްދެއްވައިފައެވެ.

މި ގޮތުން ހުޅުދޫގައި އަލަށް އުފެދޭ ކައުންސިލާއިމެދު ރައްޔިތުންގެ ފޮނި އުންމީދުތަކެއް ވާކަން ކަށަވަރެވެ. އަދި ތިޔަލޮބުވެތި ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ނެރެދެވޭނެ ކައުންސިލެއް އުފެދުމަކީ، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ހައިސިއްޔަތުން، އަޅުގަނޑުގެވެސް އެދުމެވެ. ލާމަޒުކަޒީ ނިޒާމުގެ ބޭނުމަކީ، ރަށުގެ އެންމެ އަސާސީ ހިދުމަތްތައް، ރައްޔިތުންގެ އެދުމާއި އެއްގޮތަށް، ރައްޔިތުންނާއި ގާތުން މަޝ ްވަރާ ވެވިގެން، ރައްޔިތުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބަޔަކު ފޯރުކޮށް ދިނުމެވެ. އަދި ދައުލަތުން ފޯރުކޮށްދެވޭ އެންމެހައި ޚިދުމަތްތައް ސަރުކާރާއި ދައުލަތުގެ މުއައްސަސާ ތަކާއި ކައުންސިލް ގުޅިގެން ފޯރުކޮށްދިނުމެވެ.

އަދުގެ ސިޔާސީ މާހައުލަށް ނަޒަރު ހިންގާލާއިރު އަޅުގަނޑުމެންނަށް ފެންނަންއޮތް ހަޤީގަތަކީ ޕީއެންސީގެ މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރަށްރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަކީ އެންމެ އެދެވޭ ގޮތަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ކަމުގައި ހަދައި އެކަމަށް މަގުފަހި ކުރުމަށް ކައުންސިލްތައް ބާރުވެރި ކުރުވާ ސަރުކާރެއްކަމެވެ. އެހެނަސް ވާދަވެރި ސިޔާސީ ފިކުރުގެ ޢަމަލުތަކަށް ބަލާއިރު ފެންނަނީ ސަރުކާރުން ރައްޔިތުންގެ ޙައްޤުގައި ކުރިއަށް ގެންދަން ބޭނުންވާ ކަންތަކުގައިވެސް، ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅުހަދައި، ޒިންމާދާރުކަން ކުޑަގޮތަކަށް ސިޔާސީ މަސައްކަތްކުރާތަނެވެ.

ހުޅުދޫގެ ކަންކަމަށް ނަޒަރު ހިންގާލާއިރުވެސް މި ޙަޤީޤަތް މިހެން ފެންނަށް އެބައޮތެވެ. ނިމިދިޔަ އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓްގައިވެސް ވާދަވެރި ސިޔާސީ ޕާޓީގެ ފަރާތުން ފެނިގެން ދިޔައީ ހުޅުދޫގެ އިދާރީ މިނިވަންކަން ހޯދާދިނުމަށް ފާޅުކަން ބޮޑު ގޮތަކަށް ދެކޮޅު ހެދި މަންޒަރެވެ. އަދި މި ވަގުތު އޮތް، މި ދެންނެވި ސިޔާސީ ޕާޓީގެ މެޖޯރިޓީއޮތް އައްޑޫ ސިޓީ ކައުންސިލްގެ ޢަމަލުތައްވެސް ހުރީ، ހަމަ އެފަދަ ގޮތަކަށްކަން މިފުރުޞަތުގައި ފާހަނގަކުރަމެވެ. އަދުގެ ރައީސުލްޖުމުހޫރިއްޔާގެ ވަޢުދުފުޅުގައި ހިމެނޭ ސަރުކާރުގެ ސަބުސިޑައިޒްޑް ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ޝެޑެއް ކޮންމެ އަތޮޅެއްގައި ގާއިމު ކުރުމުގެ ސިޔާސަތުގެ ދަށުން، ހުޅުދޫގައި ގާއިމު ކުރެވޭ އެފް.އެސް.އެމް ގެ ޝެޑް ހެދުމަށް ބޭނުންވާ ބިން ހޯދުމަށް ސިޓީ ކައުންސިލާއެކު މަސައްކަތް ކުރަމުން ދާތާ 8 މަސް ދުވަސް ވެގެން ދިޔައިރު، މިއަދާހަމާވެސް އެ ބިން ހަވާލު ނުކުރެވި އޮތްކަމީ މި ދެންނެވި ކަމަށް ބާރު ލިބިދޭ ފަދަ ހަޤީޤަތެކެވެ.

އެހެންކަމުން، ސިޔާސީ ވާދަވެރި ކަމެއްގައި، ރައްޔިތުންގެ ޙައްޤުތައް އެކަހެރިކޮށް، ފޮރުވިފައިވާ ސިޔާސީ އެޖެންޑާއެއްގެ ދަށުން ޒިންމާދާރުކަން ކުޑަ ގޮތަކަށް މަސައްކަތް ކުރާނެ ކައުންސިލެއް އިންތިހާބު ކުރެވިއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރު ކުރިއަށްއޮތް ދުވަސް ތަކުގައި ހުޅުދޫއަށް ކުރާނެއެވެ. އެެފަދަ ޙާލަތެއްގައި މިސަރުކާރުގެ ސިޔާސަތު ތަކުގެ ދަށުން ތަންފީޒު ކުރުމަށް ރާވަމުން އަންނަ، މަޝްރޫޢުތައް ހިންގުމަށް ބުރޫއަރައި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް މަޑު ޖެހިގެން ގޮސްދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ. އަޅުގަނޑަކީ، އަބަދުވެސް ހުޅުދޫގެ ކުރިއެރުމަށް ކޮންމެ މަސައްކަތެއްގައި ވަކި ފިކުރަކަށް ބެލުމެއް ނެތި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަށް މީހެކީމެވެ. ވުމާއެކު، އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ، ހުޅުދޫގެ ހުރިހާ ލޮބުވެތި ރައްޔިތުން އިސްވެ ދެންނެވުނު ސަބަބުތަކަށްޓަކައި، އޭޕްރިލް 4 ގައި ނިކުމެއް ޕީ.އެން.ސީގެ 10 ކެންޑިޑޭޓުންނަށް ވޯޓް ދެއްވައި، ހަމަ އެދުވަހުނެގޭ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ފެންނަށް ކަމަށް ވޯޓް ދެއްވުމަށެވެ.

އަޅުގަނޑުގެ ދުޢާއަކީ ހުޅުދޫއަށް މިއަދަށްވުރެ ބާއްޖަވެރި، އުފާވެރި އަދި ފާގަތި މާދަމާއެއް ދެއްވައި، ހުޅުދޫގެ ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ހެޔޮ ތައުފީޤް މިންވަރު ކުރެއްވުމެވެ. އަދި ދިވެހިރާއްޖެއަށް އަދަށްވުރެ، ހުރިހާ ގޮތަކުންވެސް ތަނަވަސް އަދި މާއުފާވެރި މުސްތަގްބަލެއް ދެއްކެވުމެވެ.
ޝުކުރިއްޔާ!
ޕީ.އެން.ސީގެ ކެންޑިޑޭޓުން
މިލިޔުން ކިޔާލުމުން
62%
38%


ކޮމެންޓްތައް