ހުޅުދޫ މަސްފެކްޓްރީ މަސް ދަޅު ބަނދު ކުރުމާ ދިމާލަށް!
އެޑްމިން | 24 މާރިޗް 2026 | 16:20:05
މިފްކޯއިން ހުޅުދޫގައި ހިންގަމުންދާ އައްޑޫ ފިޝަރީސް ކޮމްޕްލެކްސް އަޕްގްރޭޑްކޮށް އެތަނުގައި މަސް ދަޅު ބަންދު ކުރަން ތައްޔާރު ވަމުން ދާ ކަމަށް ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ޝާހިދު އިއުލާން ކުރައްވައިފިއެެވެ.
ޕީއެންސީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެނިފެސްޓޯ ލޯންޗް ކުރަން ބޭއްވި ހަފްލާގައި އެމް.ޕީ މުޙައްމަދު ޝާހިދު ވިދާޅުވީ އަބަދުވެސް އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން ރަށުގައި ތިއްބަވައިގެން ވަޒީފާ އަދާ ކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަށެވެ. އެ ގޮތުން މިހާރު އެންމެ އިސް ކަމެއް ދެއްވަނީ އައްޑޫ ފިޝަރީސް ކޮމްޕްލެކްސް އަޕްގްރޭޑްކޮށް އެތަނުގައި މަސް ދަޅު ބަންދު ކޮށް މުޅިން އެހެން ސިނާއަތަކަށް އެތަން ހުޅުވާ ލުމެވެ. މީގެ އިތުރުން ހުޅުދޫގައި ގާއިމު ކުރެވިފައިވާ 'ގޭ ދޮށު' މަސް ފެކްޓްރީ މިފްކޯ ދަށަށް ގެނެސް އެ ތަނުގައި ބޮޑު ކަންނެލި ޕްރޮސެސްކޮށް އަދި ބަންދު ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާވާނެ ވާހަކަ އިއުލާން ކުރެއްވިއެވެ. މިގެ ނަތީޖާއެއްގެ ގޮތުން މި ރަށުގައި އިތުރު ގިނަ ވަޒީފާތެކެއް އުފެދިގެން ދާނެކަމަށް ވިދާޅުވިއެވެ.

ހުޅުދޫގައި ގާއިމު ކުރެވިފައިވާ މަސް ފެކްޓަރީއަކީ އެމްޕީ މުޙައްމަދު ޝާހިދުގެ ފުރަތަމަ ދައުރުމުގައި އެމް.ޕީ ޝާހިދުގެ މޭސްތިރި ކަމުގައި ގާއިމު ކޮށްފައިވާ ތަނެކެވެ. އެ ތަނުގެ ސަބަބުން ހުޅުދޫ އަދި މީދޫގެ ގިނަ ރައްޔިތުންތަކަކަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެފައިވެއެވެ.
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް