ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރުކެނޑިޑޭޓުން
ފްޓްސަލް މެޗް - އީދު އުދާ 2026 ފައިލް ފޮޓޯ
ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައި ދީފި.
އެޑްމިން
ހުޅުދޫގައި އަލަށް ތަރައްގީ ކުރުމަށް ހަމަ ޖެހިފައިވާ ފްޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ބިން ހުޅުދޫ އޮފީހުން ހަމަޖައްސައި ދީފިއެވެ.

މި ފްޓްސަލް ދަނޑު ތަރައްގީ ކުރުމަށް، ހުޅުދޫ އޮފީހުން ހަމަޖައްސާ ދީފައިވަނީ ހުޅުދޫގައި މިހާރުއޮތް ފްޓްސަލް ދަނޑާއި ޖެހިގެން ހުޅަނގު ފަރާތުގައި އޮތް ހުސްބިމެވެ. 14250 އަކަފޫޓުގެ މި ބިމުގައި އަލަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑަކީ ޒަމާނީ ފެންވަރަށް، ކުޅުން ތެރިންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތަކާއި އެކު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ދަނޑެކެވެ.
ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފަިއިވާ ބިން
ފުޓްސަލް ދަނޑު އެޅުމުގެ އަމަލީ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން ހަވާލު ކޮއްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައި އާއެވެ. ކޮންޓްރެކްގައި ސޮއި ކރުރެވިފައިވަނީ 24 މާރޗް 2026 ގައެވެ.
މިލިޔުން ކިޔާލުމުން


ކޮމެންޓްތައް