
ހުޅުދޫ ދާއިރާގެ ކައުންސިލް ކާމިިޔާބު ކުރެއްވި ކެންޑިޑޭޓުން
ހުޅުދޫ ދާއިރާގެ މެޖޯރިޓީ އެމް.ޑީ.ޕީއިން ނަގައިފި
އެޑްމިން | 05 އޭޕްރީލް 2026 | 14:26:48
އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްއިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހުޅުދޫ ދާއިރާގެ މެޖޯރިޓީ އެން.ޑީ.ޕީއިން ނަގައިފިއެވެ.
ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހުޅުދޫ ދާއިރާގެ ކައުންސިލްގެ ރައީސް ގޮނޑި ކާމިޔާބު ކުރެއްވީ އެމް.ޑީ.ޕީގެ ކެންޑިޑޭޓް ޖާދުއްﷲ ޖަމީލްއެވެ. ކައުންސިލް މެންބަރު ކަމުގެ ދެ ގޮނޑި ކާމިޔާ ކުރެއްވީ އެމް.ޑީ.ޕީގެ ކެންޑިޑޭޓް ހުސެއިން އަލީ އަދި ޕީ.އެން.ސީގެ ކެނޑިޑޭޓް މުޙައްމަދު ދީދީ (މުހުއްމާ) އެވެ. ކައުންސިލެގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިވެސް ކާމިޔާބުކުރެއްވީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން ކަމަށްވާ ސާޢާދާ ހަސަން އާއި އާމިނަތު މިލްހާ އަލީއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހޮވުނު ކެންޑިޑޭޓުން
ހުޅުދޫ ދާއިރާގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ހޮވިފައިވަނީ އެ،ް.ޑީ.ޕީގެ ކެންޑިޑޭޓް ޝަޒީނާ އަލީއެވެ. މެމްބަރުންގެ ގޮތުގައި އެން.ޑީ.ޕީއިން ހޮވިފައިވަނީ ޝިމްނާ އިސްމާއިލް، ލަޖުނާ އިބްރާހީމް އަދި ޒީނާ ރިޔާޒްއެވެ. ޕީ.އެން.ސީއިން ހޮވިފައިވަނީ އާއިޝަތު ނަޖާ ވަހީދުއެެވެ.
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް