
އާމިނަތު ނާފިޡާ (ނާފީ)
ނާފީ، އިޙްލާސްތެރި ގާބިލް ކަނބަލެއްް!
އެޑްމިން | 01 އޭޕްރީލް 2026 | 16:04:23
އާމިނަތު ނާފިޡާ (ނާފީ)އަކީ ހުޅުދޫ ރައްޔިތުންނަށް އާ މޫނެއް ނޫނެވެ. އައްޑޫ ހުޅުދޫއަށް އުފަން ނާފިޡާއަކީ އަބަދުވެސް ހުޅުދޫގެ ތަރަައްގީ އަދި އިޖްތިމާއީ ކަންކަމުގައި ޝާމިލުވެ އަބަދުވެސް އެންމެ ކުރީގައި އުޅޭ، ހުޅުދޫ ރައްޔިތުންނާއި ގުޅުން އޮންނަށް ކުޅަދާނަ ކަނބަލަކެވެ. ޕީއެންސީ ތެރެއިން ސިޔާސީ ދާއިރާއަށް ނިކުމެ ގިނަގުނަ މަސައްކަތްތަކެއް ކޮށް މިހާރު މިސްރާބު ހުރީ ރަސްމީ ހައިސިއްޔަތުން ރަށަށް ހިދުމަތް ކުރުމުގެ ވަރުގަދަ އަޒުމުގައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ފޯރިއާއި އެކު ރާއްޖޭގައި އެކި ކަންކޮޅު ތަކުގައި ކޭންޕެއިން ކުރިއަށްދާ އިރު، ހުޅުދޫގައިވެސް ވަރަށް ފޯރީއާއި އެކު ކޭންޕެއިން ހަރަކާތްތައް ކުރިއަށް އެބަދެއެވެ. ރާއްޖޭގެ އެހެން ރަށް ރަށާއި ހިލާފަށް، ހުޅުދޫ އަދި މީދޫގައި އަލަށް އުފެދޭ ކައުންސިލަށް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ޕްރައިމަރީއަކުން ޕާޓީގެ ޓިކެޓް ކާމިބު ކުރައްވައިގެން ނިކުމެ، އާމިނަތު ނާފިޡާވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިދެންނެވި ތާރީހިީ ކައުންސިލުގައި ހިދުމަތް ކުރެއްވުމަށެވެ.

ކޭމްޕެއިން ފޮޓޯ
ކީއްވެ ޕީ.އެން.ސީ؟
ސަރުކާރު ހިންގާ ޕާޓީ ޕީ.އެން.ސީގެ ޓިކެޓްގައި ހުޅުދޫ ދާއިރާގެ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ކުރިމަތިލި ސަބަބަކީ ނާފީ ވިދާޅުވި ގޮތުގައި ރަށުގެ ތަރައްގީއަށް ވީހާވެސް ބޮޑަށް ފޯކަސް ކުރުމެވެ، ތަރައްގީގެ ކަންކަން ހުޅުދޫގައި ހިންގަން ސަރުކާރުން ބޭނުންވާއިރު ޕީއެންސީއާއި ގުޅިގެން އެކަންކަން ހާސިލު ކުރަން ވަރަށް ފަސޭހަ ވާނެކަމަށް ވިދާޅުވިއެވެ.
"ޕީއެންސީގެ ފްރަންޓްލައިންގަ އަބަދުވެސް މަސައްކަތް މި ކުރަނީ، ޕާޓީ އުފެދުނީއްސުރެ ޕީއެންސީ އެންމެ އިސް ސަފުގައި، ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ޝާހިދުގެ އިރުޝާދާއެކު ކުރިއަށް މި ދަނީ. ފްރަންޓްލައިންގަ ހުރެގެން ވަރަށް ގިނަ ސިޔާސީ މަސައްކަތްތަކެ އެބަ ކޮށްދެވޭ. ހަމަ އެހެންމެ ޕީއެންސީއާ ގުޅިގެން ކައުންސިލް ތެރެއިން ވަރަށް ގިނަ ކަންކަން ހުޅުދޫއަަށް ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް، ނާފީ ވިދާޅުވި އެވެ.
"ހުޅުދޫ އަންހެނުންގެ ބާރުވެރި ކުރުވަން ބޭނުންވަނީ، ހުޅުދޫގައި ކުލަބް ޖަމްއިއްޔާތައް ގިނަކޮށް އަދި އެ ޖަމްއިއްޔާތަކުގެ ހަރަކާތްތައް ގިނަކޮށް ބާރުވެރި ކުރުވަން ބޭނުންވަނީ، ހުޅުދޫގެ ބިމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ އަމަލީ ގޮތްތަކެއް މިހާރު ބޭނުންވަނީ، ވަރަށް ގިނަ ދުވަހު ރައްޔިތުންގެ ބާރުވެރިކަމެއް ނެތި ތިބެވިއްޖެެ. މި ކަންކަން ކުރުމަށް އަޅުގަނޑު މި ނުކުތީ،" ނާފީ ވިދާޅުވި އެވެ.
މީގެ އިތުރުން އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް މާލޭގައި ދިރިއުޅުއްވާ ހުޅުދޫގެ ރައްޔިތުންނަށް ފަސޭހައިން ކައުންސިލްގެ ހިދުމަތްތައް ހޯއްދެވޭނެ ގޮތްތަކެއް ހަމަ ޖެއްސުވުމަކީ، "ތިޔަ ބޭފުޅުންނަށް އެނގިވަޑައި ގަންނަވާނޭ ފަދައިން ހުޅުދޫގެ ވަރަށް ގިނަ ބަޔަކު މާލޭ ސަރަހުއްދުގައި ދިރިއުޅުއްވާ، މިހާރު މި ހުރި އޮފީހުން ހިދުމަތެއް ހޯދަން ވަރަށް ގިނަ ވަގުތާއި ތަކުލީފުތަކެއް އެ ރައްޔިތުން އުފުލަން ޖެހޭ" ނާފީ ވިދާޅުވިއެވެ.

އިޖްތިމާއީ މަސައްކަތުގެ ތެރެއިން
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް