ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރުކެނޑިޑޭޓުން
އިންތިގާލީ އޮފީސް ހުޅުވުމުުގެ ރަސްމިއްޔާތު – ފޮޓޯ ސިމްނާ އިސްމާއީލް
ހުޅުދޫ ކައުންސިލްގެ އިންތިގާލީ އޮފީސް ހުޅުވައިފި
އެޑްމިން
އައްޑޫ ސިޓީ ކައުންސިލުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގަމުންއައި ހުޅުދޫ އަވަށު އޮފީހުގެ އިދާރީ ހިންގުން، އަލަށް ލިބުނު ހުޅުދޫ ކައުންސިލަށް ބަދަލު ކުރުމުގެ ކަންކަން އިންތިޒާމު ކުރުމަށް އިންތިގާލީ އޮފީހެއް ހުޅުވައިފިއެވެ.

ކުރީގެ ހުޅުދޫ ސްކޫލް ގޯތި ތެރޭ މިއަދު ހެނދުނު ހުޅުވުނު މި އޮފީހުގެ މަސައްކަތައް ކުރިއަށް ގެންދިއުމައްޓަކައި ނެގުނު ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަދި އިދާރީ މުވައްޒަފުންނާއި، ހުޅުދޫ ކައުންސިލަށް އަލަށް ހޮވުނު ކައުންސިލްގެ ބޭފުޅުންނެވެ.
އިންތިގާލީ އޮފީސް ހުޅުވުމުުގެ ރަސްމިއްޔާތު – ފޮޓޯ ސިމްނާ އިސްމާއީލް
މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިގާލީ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މުޅިންވެސް ބައިވެރި ވެފައިވަނީ ކައުންސިލްގެ މެޖޯރިޓީ ނެގި އެމް.ޑީ.ޕީ ޓިކެޓްގައި ހޮވުނު ފަރާތްތަކެވެ. ޕީ.އެން.ސީއިން ހޮވުނު އެއްވެސް ފަރާތަކަށް އަންގާފައި ނުުވެއެވެ.
އިންތިގާލީ އޮފީސް ހުޅުވުމުުގެ ރަސްމިއްޔާތު – ފޮޓޯ ސިމްނާ އިސްމާއީލް
މިލިޔުން ކިޔާލުމުން
58%
42%


ކޮމެންޓްތައް