
Opening Ceremony 17Th April 2015
ހުޅުދޫގައި ފުޓްސަލް ދަނޑެއް އަޅަން ހަވާލު ކޮށްފި
އެޑްމިން | 26 މާރިޗް 2026 | 16:50:04
ހުޅުދޫގައި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑެއް އަޅަން ބަޔަކާއި ހަވާލުކޮށްފިއެވެ.
އިއްޔެ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ބޭއްވި ހަފްލާއެއްގައި ފުޓްސަލް ދަނޑު އެޅުމަށް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައި އާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫގައި މި ފަހަރު އެޅުމަށް ހަމަޖެހިފައިވަނީ ފީފާގެ މިންގަނޑަށް ފެތޭ އެންމެ ޒަމާނީ ފުޓްސަލް ދަނޑެކެވެ. އަދި ފުޓްސަލް ދަނޑާއެކު އެތަނުގައި ކުޅުން ތެރިންނަށް ޙާއްސަ ޗޭންޖިން ރޫމްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ގާއިމު ކުރާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.

Opening Ceremony 17Th April 2015
މިހާރު ހުޅުދޫ ޒުވާނުން ފުޓްސަލް ކުޅުމަށް ބޭނުން ކުރާ ދަނޑަކީ ސްޓޭންޑާޑް ސައިޒަށްވުރެ ކުޑަ ހާޑް ޓާރފް އަޅާފައިވާ ދަނޑެކެވެ. މި ފުޓްސަލް ދަނޑަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ފުރަތަމަ ދައުރުގައި މަސައްކަތްކޮށް، 2015 އޭޕްރިލް 17 ގައި ހުޅުއްވައިދެއްވި ދަނޑެކެވެ.

Opening Ceremony 17Th April 2015
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް