ހިފްޒްކޮށް ތަރާވީޙް ނަމާދު ކުރައްވާ ދެވަނަ އިމާމު ހުޅުދުއަށް ދުރުވެއްޖެ.
| 25 މާރިޗް 2023 | 22:39:00
ހުޅުދޫ މަސްޖިދު އަބްދުﷲ ބިން އިބްރާހީމްގައި ހިފުޒުކޮށް ތަރާވީހު ނަމާދު ކުރުމަށް ހަމަޖެހިފައިވާ އިމާމު މިއަދު ހަވީރު ވަގުތެއްގައި ހުޅުދުއަށް ދުރުވެެއްޖެއެވެ.
އަމިއްލަ ފަރާތަކުން އިސް ނަންގަވައިގެން، ހުޅުދޫ މަސްޖިދު އަބްދުﷲ ބިން އިބްރާހީމްގައި ހިފްޒުކޮށް ތަރާވީޙު ކުރުމަށް ގެނައި އިމާމަކީ ބަނގްލަދޭޝްގެ ބޭކަލެއްކަމަށްވާ އަލްހާފިޒް ރިޒްވާން މަސްވޫޑްއެވެ. ރިޒްވާނަކީ ބަނގްލަދޭޝްގައި ދީނީ އިލްމު އުނގެނި، މި ވަގުތު މެލޭޝިޔާގައި އިސްލާމީ ތާރީހާއި ބެހޭ މަތީތައުލީމު ހާސިލުކުރަމުންދާ ޤުރުއާން ހިތުދަސް ހާފިޒެކެވެ.
ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރެއިން ފެށިގެން މަސްޖިދު އަބްދުﷲ ބިން އިބްރާހީމްގައި ހިފްޒުކޮށް ތަރާވީހް ނަމާދު ކުރަން ފެށޭނެއެވެ،
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް