ސަފުހާޚަބަރުރިޕޯޓްކުޅިވަރު
08 ޖުލައި 2022
މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ މުހައްމަދު ރާމިޒު (ތުއްތުބެ)، ހުޅުދޫގައި ބޭކަރީއެއް ހުޅުވައިފިއެވެ.

ޓްރިޕްލް ބޭކާރސްގެ ނަމުގައި ހުޅުވި މި ބޭކަރީ ހުންނަނީ ހުޅުދޫ ބަހާއުއްދީންމަގުގައި ހުންނަށް ޝަބުނަމީގޭގައެވެ. ޓްރިޕްލް ބޭކާރސްގެ އިސް އޮފިޝަލަކު ވިދާޅުވީ ބޭކަރީގައި ހުރިހާ އެއްޗެއްވެސް ތައްޔާރު ކޮށްފައި ހުންނާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރަހަ ނުގެއްލޭ ގޮތަށް ކަމަށަވެ. ބޭކަރީއިން ލިބެން ހުންނަށް އެއްޗެހީގެ ތެރޭގައި ޕޭސްޓްރީ އަދި ސޭންޑްވިޗްގެ ބާވަތްތަކާއި ކޭކާއި ޕާން އަދި ކޮފީ ހިމެނެއެވެ.

ޓްރިޕްލް ބޭކާރސްއިން މައުލޫމާތު ދެއްވާ ގޮތުގައި އެބޭފުޅުންގެ އެންމެ ބޮޑު އަމާޒަކީ، ތައްޔާރު ކުރާ ހުރިހާ އެއްޗެހީގެވެސް އަސްލު ނުގެއްލޭގޮތަށް ގުދުރަތީ އިންގްރީޑިއެންޓްސް ބޭނުންކޮށްގެން އެއްވެސް އެއްޗެއް ގަޑުބަޑު ނުކޮށް ރަހަމީރު ޕާނާއި އަދި ޕޭސްޓްރީގެ ބާވަތްތައް އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކަށް ފޯރު ކޮށްދިނުމެވެ.

ބޭކަރީ އާންމުކޮށް ހުޅުވިފައި ހުންނާނީ ހެނދުނު 6 އިން ރޭގަނޑު 10 އަކަށެވެ.