ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރުކެނޑިޑޭޓުން
Main Pic
ކައުންސިލް، ސަރުކާރަށް؟ އިދި ކޮޅަށް؟!
އެޑްމިން
އޭޕްރިލް 4 ގައި އޮންނަށް ލޯކަލް ކައުންސިލް އިންތިހާބު ކުޑަތަން ވަމުން އަންނަށް އިރު، މި ވަގުތު ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް ކޭންޕެއިން ކުރިއަށްދާއިރު، ހުޅުދޫގައި ވެސް މި އިންތިހާބުގެ ކޭންޕެއިން ވަަރަށް ފޯރިއާއި އެކު ކުރިއަށް އެބަ ދެއެވެ. އަކަމަކު ރާއްޖޭގެ އެހެން ރަށް ރަށާއި ހިލާފަށް ހުޅުދޫ އަދި މީދޫއަށް މި އިންތިހާބު ތަފާތުވެފައި ހާއްސައެވެ. ސަބަބުތައް ވަރަށް ގިނައެވެ.

ރާއްޖޭހެ އެހެން ސަރަހައްދުތަކާއި ހިލާފަށް އައްޑު އަތޮޅު ހުޅުދޫ އަދި މީދޫ ހިމެނޭހެން މީގެ ކުރީގައި އޮތީ އައްޑޫ ސިޓީ ކައުންސިލާ އެކުގައެވެ. ހުޅުދޫ އަދި މީދޫގެ އެންމެ އަސާސީ ކަންކަމުން ފެށިގެން ބޮޑެތި ނިންމުމާ ހަމައަށް، ހުރިހާކަމެއްވެސް ނިންމަމުން ދިޔައީ ހިތަދޫ މީހުންގެ މެޖޯރިޓީ އޮންނަށް އައްޑޫ ސިޓީ ކައުންސިލުންނެވެ. މިހެން ކަމުން ވަކިން އޮންނަށް ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އެއްވެސް ކަމެއް އަމިއްލައަށް ނިންމުމުގެ އެއްވެސް ގާނޫނީ ބާރެއް އަދި އިޙްތިޔާރެއް ވެސް ނޯވެއެވެ. މި ޝަކުވާ ހައްލު ކޮށްދެއްވުމަށް، ހުޅުދޫ އަދި މީދޫގެ ގިނަ ރައްޔިތުންތަކެއް އެތައް ފަހަރެއްގެ މަތިން ކުރީގެ ސަރުކާރުތަކާއި ކުރީގެ ރާއީސުން އަރިހުގައި އެތައް ފަހަރެއްގެ މަތިން ދަންނަވާފައި ވެއެވެ. ނަމަވެސް އެއްވެސް ހައްލެ ނުލިބި ތިއްބާ، ޕީއެންސީ ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުއިޒް ނިންމެވީ ރިފަރަންޑަމް އަކަށް ގޮސް، ގޮތެއް ނިންމުގެ އިޙްތިޔާރު ހުޅުދޫ އަދި މީދޫގެ ރައްޔިތުން ރައްޔިތުންނަށް ދެއްވުމަށެވެ.
PNC Candidates
މި ގޮތުގެ މަތިން ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ އިން ވަކި ކުރުމަށް ބޭއްވުނު ފެންނަށް ނުފެންނަށް ވޯޓް ބޭއްވުނީ 25 އޮކްޓޫބަރ 2025 ގައެވެ. މި އިންތިހާބުުގައި ވަރަށް ގިނަ ރައްޔިތުންތަކެއް ތާއީދު ކުރެއްވީ އައްޑޫ ސިޓީއިން ވަކިވެ، ހުޅުދޫ އަދި މީދޫ ގައި ވަކި ދެ ކައުންސިލެއް ގާއުމުކޮށް އަމިއްލައަށް ކަންކަން ނިންމުމުގެ ގާނޫނީ ބާރު ލިބިގަތުމަށެވެ. މި އިންތިހާބަށް ދެ ރަށުގެ ރައްޔިތުން ކޭންޕެއިން ކުރަމުން ދިޔަ ދުވަސްވަރު، ސަރުކާރުން ވަކި ސްޓޭންޑެއް ނަންގާވާފައި ނުވެއެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއިން ކޭންޕެއިން ކުރެއްވީ ވަކި ނުވެ އައްޑޫ ސިޓީ ކައުންސިލްއާއި އެކު ތިއްބެވުމަށެވެ.

ހުޅުދޫ އަދި މީދޫއަށް މުޅިން އަލަށް މި ލިބޭ ތާރީޙީ ކައުންސިލަށް ދެ ރަށުންވެސް ވަރަށް ގިނަ ކެންޑިޑޭޓުން ނިކުމެއް ކޭންޕެއިން ކުރައްވަމުން އެބަ ގެންދަވައެވެ. ކެންޑިޑޭޓުން ގިނަ ކަމުން ބައެއް ފަހަރު އޮޅޭ ހިސާބަށްވެސް އެބަ ދެއެވެ. ހުޅުދޫއިން ކައުންސިލްގެ 5 ގޮނޑި އަދި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 5 ގޮނޑިއަށް ޖުމުލަ 20 ކެންޑިޑޭޓުން އެބަ ވާދަ ކުރެއެވެ. އޭއީ ޕީއެންސީގެ 10 ، އެމްޑީޕީގެ 9 އަދި އަމިއްލަ ގޮތުން 1 ކެންޑިޑޭޓެވެ.
MDP Candidates
ޕީއެންސީއިން ވަރަށް ފޯރިއާއިއެކު ހުޅުދޫގައި ކޭންޕެއިން ކުރައްވަމުން ގެންދަވަނީ ސަރުކާރުއަދި ޕީއެންސީގެ ކެންޑިޑޭޓުންނާއި އެކު ހަދާފައިވާ ވަރުގަދަ މެނިފެސްޓޯއަކާއި އެކުއެވެ. ރަަށަށް ބޭނުންތެރި ވަރަށް ގިނަ މުހިންމު ހިދުމަތްތަކެއް ހިމަނާފައިވާ މެނިފެސްޓޯއެއް ވަނީ އިފްތިތާޙް ކޮށްފައެވެ. ޕިއެންސި ކެންޑިޑޭޓުންގެ އެންމެ ބޮޑު ހިއްވަރަކީ ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ޝާހިދުއެވެ. މެނިފެސްޓޯ އިފްތިތާޙް ކުރެއްވި ހަފްލާގައި އެމްޕީ ޝާޑް ވިދާޅުވީ ހުޅުދޫއަށް މުޅިން އަލަށް މި ލިބޭ ކައުންސިލަކީ މި ސަރުކާރުން ހޯއްދަވައި ދެއްވި ރަނުގެ ފުރަސަތެއް ކަމަށާއި، ޕީއެންސީ ކައުސިލެއް ހޮއްވަވައި ދެއްވައި ސަރުކާރާއެކު ހުޅުދޫގެ ތަރައްގީގެ ދުވެލި އަވަސް ކޮށްދެއްވުމަށެވެ.

އިދި ކޮޅު އެމްޑީޕީވެސް މެނިފެސްޓޯއެއް އިއުލާންކޮށް ކޭންޕެއިން ހަރަކާތްތައް ކުރިއަށް އެބަ ގެންދެއެވެ. ނަމަވެސް ސަރުކާރު ތެރެއިން ހުޅުދޫއަށް ހޯއްދަވައި ދެއްވާނެ ކަންކަމުގެ މާ ބޮޑޮ ތަފުސިލެއް ހިމެނިފައި ނުވެއެވެ.
މިލިޔުން ކިޔާލުމުން
59%
41%


ކޮމެންޓްތައް