ސަފުހާޚަބަރުރިޕޯޓްކުޅިވަރު
11 ޖޫން 2022
ދުރާލާ ރާވައިގެން ހުޅުދޫ ވިޔަފާރި ވެރިންތަކެއް ހުޅުދޫގައި ބާއްވަން މަސައްކަތް ކުރަމުން ދިޔަ އީދު ޝޯ، ހުޅުދޫ އަވަށު އޮފީހުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މީދޫގައި ބާއްވާ ގޮތަށް ހަމަ ޖެހިއްޖެއެވެ.

އީދު މިއުޒިކް ޝޯ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި ހުޅުދޫ ކައުންސިލަރ ހުސެއިން ފައިޒްއްރަހްމާންއާއި ވާހަކަ ދެކެވި އެއްބަސް ވެވުނުގޮތަށް އިންތިޒާމް ހަމަޖައްސަމުން ދަނިކޮށް ވަކި ހިސާބަކުން އެއްބާރު ލުން ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އެ ގޮތުން ޝޯ އިންތިޒާމު ކުރާފަރާތުގެ ބޭނުމަކަށް އަވަށު އޮފީގެ ލިއުމެއް ހޯދަން އުޅެ އުޅެ އެކަން ނުވެ ތިއްބާ، މީދޫ ކައުސިލަރ އާމިނަތު ސާލިހާ، ޝޯ އިންތިޒާމް ކުރާ ފަރާތާއި ގުޅައިގެން މީދޫ އޮފީހާއި ގުޅިގެން ޝޯ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ހުޅުދޫވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ އޮފީހުން ކައުސިންސިލަރ އާމިނަތު ސާލިހާ މިހާރު ވަނީ ޝޯ އިންތިޒާމު ކުރާ ފަރާތަށް ބޭނުންވާ އެންމެހާ ލިޔުންތައް މީދޫ އޮފީހުގެ ނަމުގައި ދީފައެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ކައުންސިލަރ ހުސެއިން ފައިޒްއްރަހްމާންއާށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. ހުޅުދޫވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫ ރައްޔިތުން ތެރެއިން ބަޔަކު ކައުންސިލަރއާއި ބައްދަލުކޮށް މިވާހަކަ ދެއްކެވެމުން އެއީ ދޮގެއް ކަމަށާއި ހުޅުދޫގައި އީދު ޝޯއެއް ބާއްވަން އެއްވެސް ފަރާތަކުން ރަސްމީކޮށް އެދި ހުށައަޅާފައިވާ ނުވާކަމަށް ބުނެ އިންކާރު ކުރިއެވެ،