ސަފުހާޚަބަރުރިޕޯޓްކުޅިވަރު
23 ޖުލައި 2024
މުޅިންއަލަށް ހުޅުމީދޫ ސިއްހީމަރުކަޒުން ސްޓާފްނައިޓެއް ބާއްވާއިފިއެވެ.

ސްވާސްތި2024ގެ ނަމުގައި މީދޫ ޝަމްސުއްދީން ސްކޫލް ހޯލުގައި ބޭއްވުނު މިއިވެންޓްގައި، ޑިއުޓީގައި ތިއްބެވި މުވައްޒަފުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުން ބައިވެރިވެ ވަރަށް ފުހިހަމަ އިވެންޓްތަކެއް ހުށަހަޅައި ދެއްވިއެވެ. އެގޮތުން ކަނބަލުންގެ ލަވަ އަދި މަދަހަ ކިއުމާއި، ތަމްސީލުކުޅެ މުވައްޒަފުންގެ މެދުގައި ގުރުނަގައި އިނާމު ދިނުމުގެ ހަރަކާތްތެކެއް ބޭއްވިފައިވެއެވެ. މުވައްޒަފުންގެ ބުރަމަސައްކަތުންނާއި އާންމުންގެ އެހީތެރިކަމާއި އެކު ބޭއްވުނު މި ސްޓާފްނައިޓް ނިންމާލީ މުވައްޒަފުންނަށް ހާއްސަކުރެވުނު ކެއުމަކުންނެވެ.

ސްޓާފްނައިޓް އިންތިޒާމުކުރުމުގައި އިސްކޮސް ހަރަކާތްތެރިވި ބޭފުޅަކު މައުލޫމާތު ދެއްވި ގޮތުގައި ސްޓާފްނައިޓެއް ބޭއްވުމުގެ އެންމެބޮޑު މަގުސަދަކީ މުވައްޒަފުންގެ މެދުގައި ގުޅުންބަދަހިކޮށް މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަމަސައްކަތުގެ އަގުވަޒަންކުރުމެވެ.

ހުޅުމީދޫ ސިއްހީމަރުކަޒަކީ މި ދެރަށުގެ މުއައްސަސާތަކުގެ ތެރެއިން ވަރަށް އިހްލާސްެތެރި، ހިދުމަތްތެރި މުވައްޒަފުންތަކެއް މަސައްކަތް ކުރައްވާ ނަމޫނާ މުވައްސަސާއެކެވެ.