ސަފުހާޚަބަރުރިޕޯޓްކުޅިވަރު
03 ފެބުރުވަރީ 2024
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމް.ޑީ.ޕީއިން ވާދަކުރައްވާނެ މެންބަރުން ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީތަކުގެ ތެރެއިން، ހުޅުދޫ ދާއިރާގެ ޕްރައިމަރީ ސާމިޢު އަންވަަރު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވުނު ޕްރައިމަރީ ސާމިޢު އަންވަރު ކާމިޔާބު ކުރެއްވީ ވޯޓްލީ ޖުމުލަ 345 މީހުންގެ ތެރެއިން 237 މީހުންގެ ވޯޓް ހޯއްދަވައިގެންނެވެ. ހުޅުދޫ ދާއިރާގެ ޓިކެޓަށް ދެން ވާދަކުރެއްވި މޫސާ ޞިއްދީޤްއަށް ލިބިލިއްވީ 103 ވޯޓެވެ. 5 ވޯޓް ބާތިލްވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަތީ ބޭއްވި އެވެ. މާލެ ހިމެނޭހެން 96 ރަށެއްގައި ވޯޓްލުން ކުރިއަށް ގެންދެވުނު އިރު، މި އިންތިހާބު ނިމިގެން ގޮސްފައިވަނީ ވަރަށް ސުލްހަވެރިކަމާއި އެކުގަކަން ފާހަނގަކޮށްލެވެއެވެ.

ސާމިޢު އަންވަރުގެ އިތުރުން ދެން ހުޅުދޫ ދާއިރާއަށް ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ޕީ.ޕީ.އެމް-ޕީ.އެން.ސީގެ ފަރާރުން މުޙައްމަދު ޝާހިދު (ޝާޑް)، ދި ޑިމޮކްރަޓްސްއިން މުޙައްމަދު ޔާސީން (ސީނު) އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް) އެވެ.