ސަފުހާޚަބަރުރިޕޯޓްކުޅިވަރު
10 ޖޫން 2022
އައްޑޫ ސިޓީ "އިންޓަރ ސްކޫލް އަންޑަރ ސިކްސްޓީން" މުބާރާތުގެ ސެމީ ފައިނަލްގައި ސ. އަތޮޅު މަދަރުސާއާއި ހިތަދޫ ޝަރަފުއްދީން ސްކޫލް މިއަދު ބައްދަލު ކުރި މެޗް 4-3 ނަތީޖާ އިން ސ. އަތޮޅު މަދަރުސާ ކާމިޔާބު ކޮއްފިއެވެ.

މިއަދު މެންދުރު ފަހު ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު ފޯރި ގަދަ މެޗުގައި ދެ ޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ފުރަތަމަ ގޯލް ސ. އަތޮޅު މަދަރުސާއިން ޖެހީ މެޗްގެ 5 ވަނަ މިނިޓްގައި އެޓީމުގެ ޖާޒީ ނަމްބަރު 10 ހަސަން ޒަމިލްއެވެ. މެޗްގެ 15 ވަނަ މިނިޓްގައި ދެވަނަ ލަނޑުވެސް ޖާފައިވަނީ ޖާޒީ ނަމްބަރު 10 ހަސަން ޒަމިލްއެވެ. މެޗްގެ ތިންވަނަ ލަނޑު ޖެހީ ޝަރަފުއްދީން ސްކޫލްންނެވެ. އެޓީމަށް ލަނޑު ޖަހައި ދިނީ މެޗްގެ 22 ވަނަ މިނިޓްގައި ޖާޒީ ނަމްބަރު 10 ޒާދު މުހައްމަދު ހާލިދުއެވެ. ފުތަރަމް ހާފް ނިމުމުނީ 2 – 1 ގެ ނަތީޖާއިންނެވެ.

ދެވަނަ ހާފުގައި ދެ ޓީމުންވެސް ކުޅެން ނިކުމެ، ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ލަނޑުތަކެއް ޖެހިއެވެ. ސ. އަތޮޅު މަދަރަސާގެ ޓީމުން މެޗްގެ 4 ވަނަ ލަނޑު 55 ވަނަ މިޓްގައި ޖާޒީ ނަންބަރު 10 ހަސަން ޒަމިލް ޖަހާފައި ވަނިކޮށް، ޝަރަފުއްދީނު ސްކޫލް ޓީމުން ކުޅުން ވަރުގަދަކޮށް މެޗްގެ 5 ވަނަ ލަނޑާއި 6 ވަނަ ލަނޑު ޖަހާ މެޗް އެއްވަރު ކުރިއެވެ. ސ. އަތޮޅު މަދަރުސާ މި މެޗްން މޮޅުކޮއްދިން ލަނޑު މެޗްގެ 70 ވަނަ މިނިޓްގައި ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 12 މުހައްމަދު ނާހިލް އަގީލްއެވެ.

ހާފެއް 35 މިނިޓްއަށް ކުޅުނު މި ފޯރި ގަދަ މެޗް ރެފްރީ ނިންމާލީ އިތުރު ވަގުތަށް ތިން މިނެޓް ކުޅުމަށް ފަހު 73 ވަނަ މިނިޓްގައެވެ. މި މުބާރާތުގައި ސ. އަތޮޅު މަދަރުސާ ފުޓްބޯޅަ ޓީމް ދަނީ ދަރިވަރުންނައި ބެލެނިވެރިން ފަޙްރުވެރިވާ ފަދަ މޮޅު ކުޅުމެއް ދައްކަމުންނެވެ.