ސަފުހާޚަބަރުރިޕޯޓްކުޅިވަރު
10 ޖެނުވަރީ 2024
މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ އަކަށް ސ. ހުޅުދޫ ދޫރިޔާގެ މުހައްމަދު ފިޒުނީ އައްޔަން ކުރައްވައިފިއެވެ.

ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މުހައްމަދު ފިޒުނީވަނީ އެޑްވާންސް ޑިޕްލޮމާ އިން ކައުސެލިން ސައިކޮލޮޖީ އަދި ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑްގެ މާސްޓަރ އޮފް ސޯޝަލް ސައިންސް އިން ޕަބްލިކް ހެލްތް ހައްދަވާފައެވެ.

ހެލްތް މިނިސްޓްރީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ފިޒުނީ ހުންނެވީ ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ.) ގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ގެ މަގާމުގައެވެ. މީގެ އިތުރުން މުހައްމަދު ފިޒުނީވަނީ މިހާރުގެ ނާއިބު ރައީސް އުސްތާޒު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) އާއިއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވުސް (އެޗް.އާރު.ސީ.އެމް) ގައި 4 އަހަރު މަސައްކަތް ކޮށްފައިވާ ބޭފުޅެއްކަންވެސް ފާހަނގަ ކޮށްލަމެވެ.

މުހައްމަދު ފިޒުނީ (ފިޗޭ) އަކީ ރަށުގެ ވަރަށް ގިނަ ކަންކަމުގައި އަބަދުވެސް ޝާމިލުވެ އުޅުއްވާ، ރައްޔިތުންގެ މެދުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ބޭފުޅެކެވެ. އެގޮތުން އެންމެ ފާހަނގަ ކޮށްލެވެނީ ހުޅުދޫގައި ބިނާ ކޮށްފައިވާ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ (ވިލުނު ސެންޓަރ) ހަގީގަތަކަށް ހެދުމައްޓަކައި ވަރަށް އިސް ދައުރެއް އަދާ ކުރައްވާފައިވެއެވެ. މީގެ އިތުރުން ކުޅިވަރު ހަރަކާތްތައް ރާވާ ހިންގުމާއި، ޒުވާނުން ޑްރަގްގެ ވަބާއިން ސަލާމަތް ކުރުމަށް އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައެވެ.

މަރުހަބާ މުހައްމަދު ފިޒުނީ – ހުޅުދޫ ވޮއިސް ޓީމް