ސަފުހާޚަބަރުރިޕޯޓްކުޅިވަރު
28 ޖުލައި 2023
ހުޅުދޫގައި އެމް.ޑީ.ޕީ ރޫޅާލާނެ ކަމުގެ އިންޒާއެކު، ދި ޑިމޮކްރަޓްސްއިން ހުޅުދޫގައި ރިޔާސީ އިންތިހާބުގެ ކޭމްޕެއިން ފައްޓައިފިއެވެ.

ކޭމްޕެއިން ފެއްޓެވެވުމުގެ ގޮތުން އެންމެ ފުރަތަމަވެސް އެމް.ޑީ.ޕީ އުފެދުނީއްސުރެ ހުޅުދޫގައި ހުންނަށް، އެމް.ޑީ.ޕީގެ މައި ހަރުގެ ކުލަ ބަދަލުކޮށް، ދި ޑިމޮކްރަޓްސްގެ ބޯޑު އިއްޔެ ވަނީ އަރުވާފައެވެ. ހުޅުދޫގެ ޑިމޮކްރަޓްސް ސަޕޯޓަރުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އެ ބޭފުޅުން އެމް.ޑީ.ޕީއަށް ތާއީދު ކުރެއްވީ، އެމް.ޑީ.ޕީގެ ވައުދު ތަކާއި އެއްގޮތައް، ދިވެރި ރާއްޖެއަށް އިސްލާހީ ރަނގަޅު ބަދަލުތަކެއް ގެއްނާނެ ކަމަށް އުންމީދުގައެވެ. ނަމަވެސް އެކަން ހާސިލުނުވުމުން، އަނެއްކާވެސް އަލުން އިސްލާހީ ހަރަކާތައް ޑިމޮކްރަޓްސްއާއި އެކު ނިކުތީކަމަށެވެ.

ޑިމޮކްރަޓްސްގެ ރިޔާސީ ޕްރައިމަރީގެ ވޯޓް، މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ނަގަމުން އަންނައިރު، ހުޅުދޫގެ ވޯޓް ފޮށި ބަހައްޓާފައިވަނީ ޑިމޮކްރަޓްސް ހަރުގޭގައެވެ. ޑިމޮކްރަޓްސްއިން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެކަންޏެވެ. މިހެންވެ މިއަދު ނެގޭ ވޯޓަކީ ފެންނަށް ނުފެންނަ ވޯޓެކެވެ.

ހުޅުދޫއަކީ އަބަދުވެސް ރައީސް ނަޝީދުގެ ސަޕޯޓަރުން ގިނަ ރަށެކެވެ. މިހެންވެ ހުޅުދޫގެ ގިނަ އެމް.ޑީ.ޕީ މެންބަރުން ޑިމޮކްރަޓްސްއާއި ގުޅިވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.