ސަފުހާޚަބަރުރިޕޯޓްކުޅިވަރު
22 ޖުލައި 2023
ވިޔަފާރިވެރިންތަކެއް އިސްނަންގަވައިގެން ހުޅުދޫގައި ހިނަވާގެއެއް އެޅުމުގެ މަސައްކަތް ފައްޓައިފިއެވެ.

މިތަން އެޅުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ސަހަރާގެ ހުޅަނގު ފަރާތުން ލޮރީ މަގާއި އިންވެގެން އޮތް 4000 ހާސް އަކަ ފޫޓްގެ ހުސް ބިމުގައެވެ. ވިޔަފާރިވެރިންގެ ފަރާތުން މި ހިނަވާގެ ހެދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މަޝްހޫރު ވޮލީ ކޯޗް، އިބްރާހީމް ރަޝީދު ( ސަތޯ ) ވިދާޅުވި ގޮތުގައި، އަމާޒު ހިފާފައިވަނީ ވީހާވެސް އަވަހަކަށް މަސައްކަތް ފައްޓަވައި ނިންމުމަށެވެ. މި ވަގުތު ރަށުގައި ހުންނެވި ސަތޯ، މިއަދު ވަނީ، އިމާރާތުގެ ކޮންސެޕްޓް އަދި ޑިޒައިން ކުރުމަށް ހަވާލު ކޮށްފައިވާ ފަރާތާއި އަދި ކައުންސެލަރ ފައިޒްއާއި އެކު ސައިޓަށް ޒިޔާރަތްކޮށް ބައްލަވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަފުތާގައި އެ މަސައްކަތް ނިންމާނެއެވެ.

ރަށު އޮފީހާއި ވިޔަފާރިވެރިން ގުޅިގެން ހުޅުދޫގައި ހިނަވާގެއެއް އެޅުމުގެ މަސައްކަތް ފައްޓަން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެެ. ނަމަވެސް އެކި ސަބަބުތަކާއިހުރެ މަޑުޖެހިފައި އޮތް މި މަސައްކަތް، މި ފަހަރު ފެއްޓީ ސަތޯގެ އިސްނެންެގެވުމަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިމާރާތް އެޅުމަށް ސަރުކާރު ތެރެއިން ކުރަން ޖެހޭ ގިނަ މަސައްކަތް މިހާރުވެސް ހުރީ ނިމިފައެވެ. އެގޮތުން ތަން އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައި ބިން ރެޖިސްޓްރީކޮށް އަދި އެެހެނިހެން ހުއްދަތައް ވަނީ ނަގާފައެވެ.