ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރުކެނޑިޑޭޓުން
އިލްޔާސް ލަބީބް ރިޔާސީ ރޭހަށް!
ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ އިލްޔާސް ލަބީބް، ޑިމޮކްރަޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އަލަށް އުފެއްދި ޑިމޮކްރަޓްސް ޕާޓީއިން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން އެންމެ ފުރަތަމަ ކުރިމަތި ލެއްވީ އިލްޔާސް ލަބީބްއެވެ. މި މަހު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރައިމަރީގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އެމީހެއްގެ ވަނަވަރާއި އައިޑީ ކާޑް، މިއަންނަށް ހޮނިހިރު ދުވަހު ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިޙްގެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެމް.ޑީ.ޕީ ދެކަފިވެ ޑިމޮކްރަޓްސް ޕާޓީ އުފެދިގެން އައިއިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މަސައްކަތް ކުރަންވަން ނިންމެވީ ރައީސް ނަޝީދު ފަޅީގައެވެ. އަދި ޑިމޮކްރަޓަސް ޕާޓީ އުފެއްދުމުގައި އިސްދައުރެއް އަދާ ކުރައްވައި، މިހާރު ގެންދަވަނީ ޕާޓީއަށް ތާއީދު ހޯއްދެވުމަށް ރަށް ތަކަށް ދަތުރު ކުރައްވަމުންނެވެ.
މިލިޔުން ކިޔާލުމުން
50%
50%


ކޮމެންޓްތައް