ސަފުހާޚަބަރުރިޕޯޓްކުޅިވަރު
19 ޖުލައި 2023
އަލަށް އުފެއްދި ޑިމޮކްރަޓްސް ޕާޓީގެ ބޭފުޅުން މިއަދު ހުޅުމީދުއަށް ވަޑައިގެން ކޭމްޕެއިން ޓީމުތަކާއި ބައްދަލު ކޮށްފިއެވެ.

މިއަދު ހެނދުނު ހުޅުމީދުއަށް ވަޑައިގެންނެވި ޑިމޮކްރަޓްސް ބޭފުޅުންގެ ތެރޭ އެ ޕާޓީގެ މުއައްސިސު ހަސަން ލަތީފްއާއި މަޖިލިސް މެންބަރު އަހުމަދު ރަޝީދު އިތުރުން އައްޑޫ ސިޓީގެ ޑިމޮކްރަޓްސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންގެ ފުރަތަމަ ބައްދަލުވުން މީދޫގެ ކޭމްޕެއިން ޓީމާއިއެކު ބޭއްވުމަށް ފަހު ހުޅުދުއަށް ވަޑައިގެން ހުޅުދޫގެ ކޭމްޕެއިން ޓީމާއި އެކު ބޭއްވެވި ބައްދަލުވުން އޮތީ އީކްއޭޓަރ ހޯމްސްޓޭ ގެސްޓްހައުގައެވެ. މި ބައްދަލުވުން ތަކުގައި ހުޅުމީދޫގައި ޕާޓީގެ ހަރަކާތްތަ ހިންގުމައްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމަށާއި އަންނަ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުން ހިމެނެއެވެ.

މިވަގުތު ހުޅުދޫގައި ޕީ.ޕީ. އެމް އާއި އެމް.ޑީ.ޕީއިން ވެސް ކޭމްޕެއިން ކުރައްވަމުން ގެންދަވައެވެ. ނަމަވެސް އެމް.ޑީ.ޕީ ކޭމްޕެއިން ޓީމްތެރޭ އުފެދިފައިވާ ބޮޑު މައްސަލަ ގަނޑެއްގެ ސަބަބުން އެންމެ އެދެވޭ ގޮތެއްގައި އެބޭފުޅުންނަކަށް ކޭމްޕެއިންގެ ހަރަކާތްތަކެއް ކުރިއަކަށް ނުގެންދެވެއެވެ. ބެލެވޭ ގޮތުގައި ޑިމޮކްރަޓްސްއިން ނުކުންނަ ކޭމްޕެއިން ޓީމްގައި ހިމެނެނީ، ކުރިން އެމް،ޑީ،ޕީގެ ކެމްޕެއިން ޓީމުގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.