ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރު
0
ކަނޑޮފިށި ފިހާރަ ފަޅާލައިފި
ހުޅުދޫ ޑިމިޝްކަރަ ސަރަހައްދުގައި ހިންގަމުން ދާ ކަނޑޮފިށި ފިހާރަ ފަޅާލައިފިއެވެ.

ފޮކެޅެ މަގުގައި ހިންގަމުންދާ ކަނޑޮފިށި ފިހާރަ ފަޅާލާފައިވަނީ ފިހާރާއިގެ ދޮރު ހަލާކު ކޮއްލައިގެން، ރޭ ދަންވަރު ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ފާއިސާ، ސިގްރޭޓް، ޗޮކްލެޓާއި މަސްދަޅުގެ އިތުރުން އެހެނިހެން ކާބޯތަކެތީގެ ބާވަތްތަ ހިމެނެއެވެ.

މި މައްސަލަ ޕޮލިހަށް ހުށައަޅައި ތަހުގީގު ކުރަމުން ދާއިރު، މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.
މިލިޔުން ކިޔާލުމުން
50%
50%


ކޮމެންޓްތައް