ސަފުހާޚަބަރުރިޕޯޓްކުޅިވަރު
02 ޖުލައި 2023
އައްޑޫ ސިޓީ ހުޅުދޫއިން ބަންޑާރަ ގޯތި ދިނުން ލަސްވާތީ ހުޅުދޫގައި މުޒާހަރާއެއް ބާއްވައިފިއެވެ.

އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހަ އަވަށުގެ ތެރެއިން ހުޅުދޫގައި މުޒާހަރާ ކުރަނީ، އީދު ޗުއްޓީއަށް މާލެއިން ދުރުވި ބޭފުޅުންނާއި ގުޅިގެން ރަށުގައި ދިރިއުޅުއްވާ ބޭފުޅުންނެވެ. މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ މަޝްހޫރު ވޮލީ ކޯޗް އިބްރާހީމް ރަޝީދު (ސަތޯ) އެވެ. ސަތޯ ވިދާޅުވި ގޮތުގައި ހުޅުދޫގެ ރައްޔިތުންނަށް ބަންޑާރަ ބިމުން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ފަހަރުކުވެސް ކޮންމެވެސް އިންތިހާބަކާއި ދިމާކޮށް އިއުލާން ކުރުމަށް ފަހު އިންތިހާބު ނިމުމުން ކެންސަލް ކޮއްލާކަމަށެވެ. މީގެ ސަބަބުން އެތަކެއް އާއިލާއަކަށް ބޮޑެތި ތަކުލީފު ޖެހި ގޮތްހުސްވެފައިވާ ކަމަށެވެ. އަަދި ޕޮއިންޓް ދީފައިވާ ގޮތާއި އުމުރުން 18 ވެފައިވާ ދަރީންނަށް ޕޮއިންޓް ނުލިބޭ މައްސަލާގައިވެސް ޝަކުވާ ކުރައްވާފައިއެވެ.

ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގޯތީގެ މައްސަލާގައި މުޒާހަރާ ކުރައްވަމުން ގެންދަވާ ފަރާތުން މިހާރުވަނީ ތައްޔާރު ވަމުން ގެންދަވަނީ މި މައްސަލަ ކޯޓަށް ވެއްދުމަށެވެ.

އެންމެ ފަހުން ހުޅުދޫއިން ގޯތި ދިނުމަށް އިއުލާންކޮށް ކުރިމަތިލި ފަރާތްތަކަށް ގޯތި ލިބުމުގެ އެންމެ ފަހު މަރުހަލާ ކަމުގައި ދާއިމީ ލިސްޓް ނެރެފައި ވަނިކޮށް ގޯތި ދިނުން ކެންސަލް ކުރީ މިހާރު މިއޮތް ހިނގަމުންދާ ކައުންސިލްއިންނެވެ. ކެންސަލް ކުރައްވަން އައްޑޫ ސިޓީ ކައުންސިލް ޖަލްސާގައި ނެންގެވި ވޯޓްގައި ހުޅުދޫގެ ކައުސެލަރ ހުސެއިން ފައިޒުއްރަހުމާން ވޯޓް ދެއްވާފައި ވެއެވެ.