ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރުކެނޑިޑޭޓުން
މިނިވަން ކަޕް ޖުލައި މަހު ބާއްވަން ނިންމައިފި
ހުޅުދޫ ގައި ބާއްވަމުންގެ ގެންދާ "މިނިވަން ކަޕް" މިއަހަރު ޖުލައި 15 އިން 25 އަށް ބާއްވަން ނިންމައިފިއެވެ. އެ މުބާރާތް އިންތިޒާމް ކުރާ އެޗް، އެސް، ސީ އިން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރު އީދު ބަންދާ ދިމާކޮށް މުބާރާތް ބާއްވަން ނިންމީ އީދު ކުޅިވަރާއި އެކު މުބާރާތް ވެސް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.

މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އިބްރާހީމް ސަމީއު (މެރޭ) ވިދާޅުވީ މިއަހަރު މުބާރާތުގައި އައްޑޫ ސިޓީއިން 8 ޓީމް ބައިވެރި ވާކަމާއި އަދި ބައިވެރި ވެވޭނީ 23 އަހަރު ދަށުގެ ޒުވާން ކުޅުންތެރިނަށް ކަމަށެވެ.

މި މުބާރާތަކީ ހުޅުދޫގައި ކުޅިވަރު އާލާކޮށް އިޖުތިމާއީ ގުޅުން ރަނގަޅު ކުރުމުގެ މަގުސަދުގައި ކޮންމެ އަހަރަކުވެސް އެޗް، އެސް، ސީ އިން އިންތިޒާމު ކުރާ މުބާރާތެކެވެ.
މިލިޔުން ކިޔާލުމުން
48%
52%


ކޮމެންޓްތައް