ސަފުހާޚަބަރުރިޕޯޓްކުޅިވަރު
05 ޖޫން 2023
ހުޅުދޫގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމައްޓަކައި ސަރުކާރުން ހުޅުދޫގައި ކަނޑައެޅުއްވި މާފިށި ޓުއަރިޒަމް ޒޯންގެ ލޭންޑް ސްކޭޕިން މަސައްކަތް ނިމި އިފްތިތާހު ކޮށްފިއެވެ.

ޓްއަރިޒަމް ޒޯން އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޞިލް އަބުދުއްﷲ ޝާހިދު، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ވީ މުރަލިދަރަން އަދި އައްޑޫ ސިޓީ މޭޔަރ އަލްފާޞިލް އަލީ ނިޒާރުއެވެ. މި ރަސްމިއްޔާތުގައި އަވަށު އޮފީހުގެ ވެރިންނާއި ރަށުގެ މުވައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާރުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޞިލް އަބުދުއްﷲ ޝާހިދު ދެއްކެވި ވާހަކަ ފުޅުގައި މި ސަރުކާެރުގެ ސިޔާސަތުގެ ތެރެއިން ކުޑަ ރަށެއް އައި ބޮޑު ރަށެއް ނުބަލައި ތަރައްގީގެ މަޝްރޫއުތަ ކުރިއަށް ގެންދާ ވާހަކަ ފާހަނގަ ކޮއްފައިވެއެވެ.

މާފިށި ޓްއަރިޒަމް ޒޯނަކީ އައްޑޫ ސިޓީގައި ފަތުރުވެރި ކަމުގެ ސިނާއަށް ކުރިއެރުވުމައްޓަކައި މި ސަރުކާރުން ކަންޑައެޅުއްވި ސިޔާސަތުގެ ތެރެއިން ކުލި ކުޑަކޮށް ގެސްޓް ހައުސް އެޅުމަށް ބިން ދޫކުރުމަށް ކަނޑައެޅި ސަރަހައްދެކެވެ. މި ސަރަހައްދު ސާފުކޮށް ލޭސްޑް ސްކޭޕިން ހަދާ ނިންމާފައިވަނީ މިދިޔައަހަރެވެ. މި ޕްރޮޖެކްޓްގެ ހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ އިންޑީޔާ ސަރުކާރުގެ އެހީގައެވެ.