ސަފުހާޚަބަރުރިޕޯޓްކުޅިވަރު
02 ޖޫން 2023
ހުއަނގު ޖަމްއިއްޔާއާއި ހުޅުދޫ ޒުވާނުން ގުޅިގެން ހުޅުދޫގައި ބޭއްވި ހުޅުދޫ ސްޓްރީޓް ސޮކާ ޗެލެންޖެގެ ޗެމްޕިޔަންކަން ހިތަދޫ މައިލޯ ސިޓީ ހޯދާއިފިއެވެ.

ރޭ ކުޅެވުނު ފައިނަލް މެޗަގައި ހިތަދޫގެ އެސް.ކޭ.ޕީ ޔުނައިޓެޑްއާއި ބައްދަލުކޮށް މައިލޯ ސިޓީ ޗެމްޕިޔަންކަން ހޯދީ، މެޗްގެ ފުރިހަމަ ވަގުތު ނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމާއު ގުޅިގެން، ނަތީޖާ ނެރެން ޖެހި ޕެނެލްޓީ ޝޫޓްއައުޓް 2 ލަނޑު 1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗައް ފަހު ވަނަވަނައަށް ހޮވުނު ފަރާތަަކަށް އިނާމު ދިނުމާއި ޓްރޮޮފީ ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޭއްވުނެއެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ މައިލޯ ސިޓީގެ ހާޒިމް ފައުޒީއެވެ. އަދި އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކަށް ހޮވޮފައިވަނީ ހުޅުދޫ އެފް.ސީ ގެ ހަސަން އަލީ، މައިލޯ ސިޓީގެ އީމާން ނަޒީރު އަދި ހާޒިމް ފައުޒީ އަދި އެސް.ކޭ.ޕީ ޔުނައިޓެޑް ގެ މަހައްމަދު ސާޖިދުއެވެ. ފެއަރ ޕްލޭ ޓީމަކަށް ހުޅުދޫ ދެކުނު އެފް.ސީ ހޮވިފައިވާއިރު އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް އެޓީމުގެ މުހައްމަދު ނާހިލް އަގީލްއެވެ. އެންމެ ގިނަ ލަނޑު ޖަހާފައިވަނީ މިދޫ ކްލަބް ލޮތާރިގެ ހަސަން ސަހާފްއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މައިލޯ ޓީމްގެ ޖައިލަމްއެވެ.

ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލު ކޮށްދެއްވީ މުބާރާތުގެ ސްޕޮންސަރުންނާއި މުއައްސަސާ ތަކުގެ ވެރިންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ހާސް ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމަށް 15000 ހާސް ރުފިޔާ ދީފައިވެއެވެ.