ސަފުހާޚަބަރުރިޕޯޓްކުޅިވަރު
29 މެއި 2023
ވަދު މަސްވެރިކަމާއި ސްޕޯޓްސް ފިޝިންްއަށް ހާއްސަކޮށްގެންް އައްޑޫ ސިޓީ މީދޫ ބޭރުން 5 މޭލު ދުރުގައި މި ސަރުކާރުން އެޅި ބޮއި މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކަނޑައިގެން ހިނގައްޖެއެވެ.

ރޮޒޭ ބޮއި ނުވަތަ ރޮޒޭ ބުބުޅާ ނަމުން މަޝްހޫރު ވެފައިވާ މި ކަނދުފައްޗަކީ މި ސަރުކާރުން ހިންގި ވަދު ކަނދުފަތި ޕްރޮގްރާމް ތެރެއިން ހަރުކުރެވުނު ކަނދުފަތިތަކުގެ ތެރެއިން އައްޑޫ ސިޓީގައި ގާއިމު ކުރެވުނު ކަނދުފައްޗެވެ. ވަދު ކަނދުފަތި ޕްރޮގްރާމްގެ މަގުސަދަކީ މިހާރު ފުޅާވަމުން އަންނަށް ގެސްޓް ހައުސް ވިޔަފާރިއާއިއެކު މުނިފޫހި ފިލުވުމަށް ނުވަތަ ސްޕޯޓްސް ފިޝިން އަދި ކެއިން ބުއިމުގެ ބޭނުމަށް ރަށުން ކައިރިން މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ކަނދުފަތި ހަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަނދުފަތި އެތަނުގައި ނޭޅުމަށް މީދޫގެ ދުވަސްވީ މަސްވެރިން ލަފާ ދެއްވާފައިވެއެވެ. ސަބަބަކަށް ވީ އެ ސަރަހައްދަކީ އާންމުކޮށް ކަނޑުގަދަ އޮއިބާރު ސަރަހައްދަކަށް ވާތީއެވެ.

މި ކަނދުފަތި ކަނޑައިގެން ދިއުމާ ގުޅިގެން މީދޫގެ މަސްްވެރިންނާއި ގެސްޓްހައުސް ވިޔަފާރި ކުރާފަރާތް ތަކުން ވަނީ ނުރުހުން ފާޅުކޮށް މަސައްކަތުގެ ފެންވަރުދަށް ކަމަ ބުނެ ފާޑު ވިދާޅުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަނދުފައްޗާއެކު ޏ އަދި ގއ އަތޮޅުގައި އެޅި ކަނދުފަތިވެސް ވަނީ ކަނޑައިގެން ގޮސްފައެވެ.