ސަފުހާޚަބަރުރިޕޯޓްކުޅިވަރު
28 މެއި 2023
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ ހެޕީ ޑްރީމް މުހައްމަދު އަންސާރު މަގާމުން ވަކިކޮށްފިއެވެ.

މިއަދު އަންސާރު މަގާމުން ވަކިކޮށްފައިވާއިރު އަންސާރުވަނީ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދާ 'ދަ ޑިމޮކްރަޓްސް' ޕާޓީއާއި ގުޅިވަޑައިގެންފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންސާރާއެކު އެމިނިސްޓްރީން އެހެން ބައެއް ބޭފުޅުންވެސް ވަކި ކުރައްވާފައިވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު 'މިނިވަން' ނޫހަށް ދެއްވި އިންޓިވިއުއެއްގައި ވިދާޅުވީ އަންސާރު ވަކިކުރެއްވީ އެމް.ޑީ.ޕީއިން އެދިގެން ކަމަށެވެ.

'ދަ ޑިމޮކްރަޓްސް' ޕާޓީ އުފެއްދުމަށް އިލެކްޝަންސްއިން ހުއްދަ ލިބި އެ ޕާޓީއަށް މެންބަރުން ވަނުމުގެ ފުރުސަތު ހުޅުވާލުމުން މަދު ވަގުތު ކޮޅެއްގެ ތެރޭ 3000 މީހުން ހަމަވި ކަމުގެ މައުލޫމާރު އެޕާޓީން ދެއްވައެވެ. އޭގެ ތެރޭ މިވަގުތު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމެ.ޑީ.ޕީގެ ވަރަށް ގިނަ މެންބަރުނެވެސް ހިމެނެއެވެ.