ސަފުހާޚަބަރުރިޕޯޓްކުޅިވަރު
15 މެއި 2023
ހުޅުދޫ އޮފީހުގެ ރަސްމީ ލިޔެކިއުންތަކަކަށް އުނިއިިތުރު ގެނައުމާ ގުޅިގެން، ހުޅުދޫ އޮފީހުގެ ޑައިރެކްޓަރ އަލްފާޞިލް މޫސާ ސިއްދީގުގެ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.

މަައުލޫމާތު ލިބިފައިވާ ގޮތުގައި އެހެންފަރާތަކަަށް ނާޖާއިޒު މަންފާއެއް ހޯދާދިނުމުގެ ބޭނުމުގައި މޫސާ ސިއްދީގު ބަދަލުތަކެއް ގެނެސްފައިވަނީ ހުޅުދޫ އޮފީހުގެ އެޑްމިން އޮފިސަރ މަގާމަށް ކުރިމަތިލި ބައިވެރިންނާއި އިންޓަވިއު ކުރެވި ތައްޔާރު ކުރެވުނު މާކްސް ޝީޓެވެ. ހުޅުދޫ ވޮއިސްއަށް ލިބިފައިވާ ލިޔުން ތަކަށް ބަލާއިރު މޫސާ ސިއްދީގުވަނީ އިންޓަވިއުއިން އެންމެ ކުރި ހޯދި ފަރާތުގެ މާކުސް އިން 19 ޕޮއިންޓް އުނިކޮށް އަލުން އެހެން ޝީޓެއް ތައްޔާރުކޮށް އޮފީހުގެ އެެހެން ދެ މުވައްޒަފަކަށް ބިރުދައްކާ އޭގައި ސޮއި ކުރުވާފައެވެ. ބެލެވޭ ގޮތުގައި މި މައްސަލަ ސިވިލް ސާވިސް ކަމިޝަނަށް ހުށައެޅީ މި ވަޒީފާއަށް ކުރިމަތި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.

މޫސާ ސިއްދީގުގެ ފަރާތުން މީގެ ކުރިންވެސް މިކަލަ ކަންތައްތަކެއް ފެނިފައިވެއެވެ، އެގޮތުން މިއަހަރު ކުރީކޮޅު އިއުލާން ކުރެވުނު މިސްކިތުގެ މަސައްކަތު ވަޒީފާއަށް ކުރިމަތިލި ކަނބަލުންގެ މާކްސް ޝީޓަށްވެސް ބަދަލުތަކެއް ގެނެސް އޭގެ މައުލޫމާތު ލީކު ކޮއްލި މައްސަލައިގައިވެސް މޫސާ ސިއްދީގުގެ މައްސަލައެއް އައްޑޫ ސިޓީ ކައުސިލުން ބަލާފިޔަވަޅު އަޅާފައިވެއެވެ.