
0
ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
| 13 މެއި 2023 | 23:27:43
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ޕޮލިސް ދަނޑުގައި މިއަދު ހަވީރު ބޭއްވުނު މި ކުޑަކުދިންގެ ހަވީރުގައި ހުޅުމީދޫ ހުރިހާ މުއައްސަސާއަކުންވެސް ބައިވެރިވެ، ކުޑަކުދިންނަށް ހާއްސަ ގިނަ ކުޅިވަރު ކުޅެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. ދެ އަވަށުގެ ގިނަ ކުޑަކުދިންތަކެއް ބައިވެރިވި މި ހަވީރު ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކު އުފާވެރި މާހައުލެއްގައެވެ.
ހަވީރުގައި ބައިވެރިވެލެއްވި ހުރިހާ މުއައްސަސާތަކަށާއި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހުޅުދޫ އޮފީހުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވައެވެ.

0

0
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް