ނުރައްކާތެރި ހާދިސާއެއްގައި ހެރެތެރެ ރިސޯޓްގެ މުވައްޒަފެއް ނިޔާވެއްޖެ
| 03 މެއި 2023 | 13:56:06
މިއަދު ހެނދުނު ހެރެތެރެ ރިސޯޓްގައި ގަސްކެނޑުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށް މިދޫގައި ދިރިއުޅުއްވާ ހިތަދޫ މީހަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވީ ސ. ހިތަދޫ ދޭލިގެ އުމުރުން 61 އަހަރުގެ އަޙްމަދު ދީދީއެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޙްމަދު ދީދީ ނިޔާވީ، ރިސޯޓްގެ އެހެން މުވައްޒަފުންތަކާއި އެކު ހައިމާކެއް ބޭނުންކޮށްގެން ފިތްރޯނު ގަހެއް ކެނޑުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށް ދިމާވި ހާދިސާއެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާ ދެމުން ދަނިކޮށެެވެ.
މި ހާދިސާއާއި ގުޅޭ އިިތުރު މައުލޫމާރު ލިބޭމިންވަރަކުން ކިޔުންތެރިންނާއި ހިއްސާކުރަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް