ސަފުހާޚަބަރުރިޕޯޓްކުޅިވަރު
01 މެއި 2023
ޑރ. އިބްރާހީމް ދީދީ އިސްނަންގަވައިގެން އެމް.ޑީ.ޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހުޅުދޫގައި ހިންގުމާއި ކަންމަތީ ބައްދަލުވުން ބޭއްވުން މަނާ ކޮށްފިއެވެ.

ހުޅުދޫ ވޮއިސްއަށް ވަރަށް މުހުތަބަރު ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ޑރ. އިބްރާހީމް ދީދީ އިސްނަންގަވައިގެން މި ދިޔަ ހުކުރު ދުވަހު އެން.ޑީ.ޕީ ހުޅުދޫ ޖަގަހަ ކައިރީ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ޑރ. އިބްރާހީމް ދީދީ ދެއްކެވި ނޭދެވޭ ވާހަކަ ތަކެއްގެ ސަބަބުންނެވެ. ރައީސް އިބްރާހީމް މުހައްމުދު ސޯލިޙްގެ ކޭމްޕެއިން އިވެންޓެއް ކަމަށް ބުނެ ބޭއްވި މި ބައްދަލުވުމުގައި ޑރ. އިބްރާހީމް ދީދީ ވަނީ ރައީސް މުހައްމަދު ނަޝީދުއާއި، ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އިލްޔާސް ލަބީބްއާއި އަދި އެމް.ޑީ.ޕީ ހުޅުދޫ ދާއިރާގެ މީޑީޔާ ޝާފީ އަލީއަށް ވަރަށް ހަޑި ހުތުރު ބަސްތަކެއް ބުނެ ހޯ ގޮވާފައެއެވެ.

އެމް.ޑީ.ޕީއިން އާންމުކޮށްކުރާ ކޭމްޕެއިން ތަކާއި ހިލާފަށް މި އިވެންޓްގައި އޮތީ އިންޒާރު ދިނުމާއި ބިރުދެއްކުމެވެ. އޭގެ ތެރޭގައި ޕާޓީ ބައްދަލުވުންތަަކުގެ ހާޒިރީ ބަލާނެ ކަމަށާއި، ހާޒިރު ނުވާ ބޭފުޅުން ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި އުޅޭނަމަ ފިޔަވަޅުއަޅާ ވަކި ކުރައްވާނެ ކަމުގެ އިންޒާރު ދެއްވިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިޙްގެ ޕްރޮމޯޓް ކުރުމަށް ކަމަށް ބުނެ ބޭއްވި މި އިވެންޓްގައި ރައީސްގެ މާބޮޑު ވާހަކައެއް ދައްކާފައި ނުވާއިރު މި ސަރުކާރުން ހުޅުދޫގައި ހިންގަމުންދާ އެއްވެސް ޕްރޮޖެކްޓެއްގެ ވާހަކަވެސް ދައްކާފައި ނުވެެއެވެ. މިހެންވެ އެމް.ޑީ.ޕީގެ ވަރަށް ގިނަ މެންބަރުންގެ ނުރުހުން ޑރ. ދީދީއަށް ވަނީ އަމާޒުވެފައެވެ.

މި ސަރުކާރުންވަނީ ހުޅުދޫގައި މުހިއްމު ގިނަ މަސައްކަތްތަކެއްކޮށް ނިންމާފައެވެ. އޭގެ ތެރޭގައި ޑިޓޮކްސް އިމާރާތް، ބަނދަރު، ޓާރފް ދަނޑު އަދި ހެލްތް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި ވަގުތު މަގު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.