ސަފުހާޚަބަރުރިޕޯޓްކުޅިވަރު
26 އޭޕްރީލް 2023
ހުޅުމީދޫ ހެލްތް ސެންޓަރ މުވައްޒަފުންގެ ރިކްރިއޭޝަން ކްލަބެއް އިފްތިތާހު ކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ދިމާކޮށް އިފްތިތާހު ކުރެވުނު މި ރިކްރިއޭޝަން ކްލަބުގެ މަގުސަދަކީ ހެލްތް ސެންޓަރގެ މުވައްޒަފުން މެދުގައި އިޖްތިމާއީ ގުޅުން ބަދަހިކޮށް، މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ބާރުއަޅައި އެހީތެރިން ފޯރުކޮއްދިނުމެވެ. އަލަށް އުފެދުނު މި ކްލަބުގެ މަގާމު ތަކަށް ހޮވުނު ކަނބަލުން ނަކީ:

ރައީސާ: އައްޒަ މަންސޫރު
ނާއިބު ރައީސާ: ފަރިޔާލް
އެސިސްޓެންޓް ނާއިބު ރައީސާ: ފާތިމަތު ސާޖިދާ
ހަޒާންދާރު: ގާދިމާ
ކްލަބު ސެކެރެޓްރީ: މަރިޔަމް އަނީސާ
އެސިސްޓެންޓް ކްލަބު ސެކެރެޓްރީ: މަރިޔަމް ޝަޒީނާ

އިފްތިތާހު ކުރެވުނު މި ރިކްރިއޭޝަން ކުލަބަކީ ހުޅުމީދޫ ހެލްތް ސެންޓަރގެ ދިގު ތާރީހުގައިވެސް އުފެދުނު ފުރަތަމަ ކުލަބެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަގުބަލުގައި ހުޅުމީދޫގައި ބޭއްވޭ އިޖްތިމާއީ ހަރަކާތްތަކުގައި ވެސް މި ކުލަބުގެ ފަރާތުން ބައިވެރިވާން ވަނީ ނިންމާފައެވެ.