މީދޫ ގެއެއްގެ ބޮޑުބައެއް ވެއްޓިއްޖެ.
| 28 މާރިޗް 2023 | 19:16:48
މީދޫގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގެއެއްގެ ބޮޑުބައެއް ވެއްޓިއްޖެއެވެ.
މިއަދު ހަވީރު ވަގުތެއްގައި ވެއްޓީފައިވަނީ ސ. މީދޫ ސޯސަންގެ ބައެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގެ ހުންނަ މަގު ހެދުމަށް މަގު ކޮނެފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. މިއަދު ކުރަމުން ދިޔައީ ކާނު ހެދުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށް އެނގިފައިވެއެވެ. ހުޅުދޫ ވޮއިސްއަށް ލިބިފައިވާ ފޮޓޯއާއި ވީޑިއޯތަކަށް ބަލާއިރު، ވެއްޓިފައިވަނީ ގޭގެ އިމުން ރާނާފައިވާ ގޭގެ އެންމެ ބޮޑު ފާރެވެ. މި ފާރު ވެއްޓުނު ވަގުތު، އެ ފާރުން ޖެހި، އެ މަގުގެ އަނެތް ފާޅީގައި ހުރި ނަސީމީވާދީގެ އިން ފާރުންވެސް ބައެއް ވެއްޓިފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާލިބުނުކަން އަދި އެނގިފައި ނުވެއެވެ.
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް