ސަފުހާޚަބަރުރިޕޯޓްކުޅިވަރު
06 ޖޫން 2022
އައްޑޫ ސިޓީ ހުޅުމީދޫގައި ކާޅު ގިނަވެ އޭގެ އުނދަގޫ ބޮޑުވެ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ކާޅަކީ މީގެ ކުރިން އައްޑޫ ސިޓީ އެއްވެސް ރަށެއްގައި އުޅޭ ދޫންޏަކަށް ނުވިޔަސް މިހާރު އަތޮޅު ހުރިހާ ރަށެއްގައިވެސް ކާޅު އުޅެއެވެ. ކާޅުގެ ސަބަބުން އޭގެ އެންމެ ނޭދެވޭ އަސަރެއް ކުރަނީ އައްޑޫ ސިޓީގެ ފަހުރު ކަމަށްވާ ދޮންދީނިއަށެވެ. ދޮންދީނި ތަކަށް ހަމަލާދީ މެރުމާއި އޭގެ ބިސް ބޮޔެ ހެދުމަކީ ކާޅު ކުރާކަމެކެވެ. މިހެން ވުމުގެ ސަބަބުން ދޮންދީނިގެ އާބާދީ ހުސްވެދާނެ ކަމުގެ ބިރު މިހާރު އޮތް ކަމަށް ރައްޔިތުން ބުނެއެވެ.

މިކަން ހައްލު ކުރުމައްޓަކައި ރަށު އޮފީސް ތަކާއި އައްޑޫ ސިޓީ ކައުންސިލްއިން ވަނީ މިކަމުގެ ކަންބޮޑުވުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގައި ދަންނަވާފައެވެ. ނަމަވެސް މިކަން ހައްލު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގެންނެތެވެ. ރައްޔިތުން ދެކޭ ގޮތުގައި މިމައްސަލައަކީ ނުހަނު ބޮޑު އަވަހަށް ފިޔަވަޅުއަޅައި ހައްލު ކުރަން ޖެހޭކަމެކެވެ. ނޫންނަމަ އޭގެ ނޭދެވޭ އަސަރު ބޮޑުވާނެކަމެކެވެ.

އައްޑޫ ސިޓީގައި ކުރިން ކާޅު ނުއުޅެއެވެ. ބަޔެއް ރައްޔިތުން ބުނާ ގޮތުގައި އައްޑުއަށް ކާޅު ގެންނަނީ އެހެން ރަށްރަށު މީހުންނެވެ.