ސަފުހާޚަބަރުރިޕޯޓްކުޅިވަރު
27 މާރިޗް 2023
ހުޅުމީދޫގައި އޮފަރޭޓްކުރާ އެމް.ޓީ.ސީ.ސީގެ އުނޅަދު ފަހަރުގައި މުދާ އުފުލުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ކުރިއާއި ހިލާފަށް މިހާރު ހަމަޖެހިފައިވާ ގޮތުން، މީހުން އުފުލާ އެއްވެސް ފެރީޢެއްގައި "ކާރގޯ" ގެ ގޮތުގައި އެއްވެސް މުދަލެއް ނުއުފުލޭނެއެވެ. އެހެން ނަމަވެސް އެ ފެރީއަކުން ދަތުރު ކުރާމީހުންނަށް، އެމީޙުންގެ އަމިއްލަ މުދާ ކަނޑައެޅިފައިވާ މިންވަރަކަށް އުފުލުމުގެ ފުރުސަތު ލިބިއެވެ. މުދާ އުފުލުމަށް ހާއްސަ ކާރގޯ ފެރީ ހަފުތާއަކު ދެ ދުވަހު ބާއްވުމަށް ހަމަ ޖެހިފައިވެއެވެ.

މިހާރު ހަމަ ޖެހިފައިވާ އުސޫލު ހުލާސާކޮށް:
އެއްވެސް ލޯންޗް އަދި ދޯނި ފެރީއެއްގައި "ކާރގޯ" ގެ ގޮތުގައި މުދާ ނުއުފުލޭނެ.
ލޯންޗް އަދި ދޯނި ފެރީގައި ދަތުތު ކުރާ ނަމަ އަމިއްލަ މުދާ އުފުލޭނެ.
ހަފުތާއަކު ދެ ދުވަހު ކާރގޯއަށް ހާއްސަ ފެރީ އޮންނާނެ. އެއީ އާދީއްތަ އަދި ބުދަ ދެ ދުވަހު.
ކާރގޯ ފެރީއަށް މުދާ އަރުވާ ބާލަން ޖެހޭނީ އަމިއްލައަށް.

މީގެ ކުރިން ލޯންޗް ފެރީ ތަކުގައި މުދާ އުފުލުމުގެ ފުރުސަތު އޮވެއެވެ. އެމް.ޓީ.ސީ.ސީ އިން ހިތަދޫ، ފޭދޫ އަދި ހުޅުމީދޫ ދެމެދު ދެމުން ގެންދާ މުދާ އުފުލުމުގެ ހިދުމަތަކީ ވިޔަފާރި ވެރިންނާއި އާންމު ރައްޔިތުންގެ ޝަކުވާ ބޮޑު ފެންވަރުދަށް ހިދުމަތެކެވެ. އެންމެ ގިނައިން ދިމާވާ މައްސަލަތަކުގެ ތެރޭގައި މުދަލާއި ހަވާލު ނުވުމާއި، އަމިއްލައަށް މުދާ އަރުވާ ބާލަން ޖެހުމާއި ވިޔަފާރިއަށް ބޭނުންވާ ޓެކްސް ބިލް ނުލިބޭ މައްސަލަ ހިމެނެއެވެ.