ސަފުހާޚަބަރުރިޕޯޓްކުޅިވަރު
27 މާރިޗް 2023
އައްޑޫގައި ޑެންގީ ހުން ފެތުރެމުން ދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރަކީ ވިއްސާރަ މޫސުމަށް ވުމާއި ގުޅީގެން މިހާރަށް ވުރެ ބޮޑަށް ޑެންގީ ހުން ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. މިހެން ކަމުން ޑެންގީ ހުމުން ރައްޔިތުންނާއި، ހާއްސަކޮށް ކުޑަކުދިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް ދުރާލާއި އެޅުމަށާއި، މަދިރި މަދު ކުރުމަށް ފަރުދީ ފެންވަރެއްގައި ކުރެވިދާނެ ކަންކަން ކުރުމަށް އިލްތިމާސް ކުރެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މުޅި އައްޑޫއިން މި މަހު 33 މީހުން ޖެހިފައިވެއެވެ. އޭގެ ތެރެއިން އެކަކީ ހުޅުމީދޫ މީހެކެވެ.

މި ވަގުތު ހުޅުމީދޫގައި މަގު ހެދުމަށް ވަރަށް ގިނަ މަގުތައް ކޮނެފައި އެބަހުއްޓެވެ. މީގެ ތެރެއިން ގިނަ މަގުތަކެއްގައި މިހާރުވެސް ވަރަށް ބޮޑަށް ފެން ހަރުލާފައި އެބަ ހުއްޓެވެ. މިކަމުގެ ސަބަބުން މަދިރި އުފެދޭ މިންވަރު އިތުރުވެ މަދިރީގެ ނުރައްކާ ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ކަމުން މަދިރި މަދުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ދެ ރަށު އަވަށު އޮފީޙުން އިސްވެ ކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.