ސަފުހާޚަބަރުރިޕޯޓްކުޅިވަރު
24 މާރިޗް 2023
ރޯދަމަހާއި ދިމާކޮށް ހުޅުދޫ ގިނަ މިސްކިތްތަކުގައި ކާޕެޓް އަޅައިފިއެވެ.

މިގޮތުން ކާޕެޓްއަޅާފައިވާ މިސްކިތްތަކަކީ މަސްޖިދުލް ވަޙްދާ، ބޯދާ މިސްކިތް، ނޫރު މިސްކިތް، ޓަކިޔާ މިސްކިތް އަދި ކަޅި މިސްކިތުގައެވެ. އާންމު ފަރާތަކުން ހަދިޔާކުރި މި ކާޕެޓްތައް އަޅާފައިވަނީ އޮފީހުގެ ބެލުމުގެ ދަށުން އޮފީހުގެ މުއައްޒަފުންނާއި އާންމުރައްޔިތުން ގުޅިގެންނެވެ. މި މިސްކިތް ތަކުގައި މީގެ ކުރިންވެސް ކާޕެޓް އަޅާފައިވެއެވެ. ނަމަވެސް އެ ކާޕެޓްތައް ނެގީ ކޮވިޑު ދުވަސްވަރު ސަރުކާރުން ހުރިހާ މިސްކިތެއްގެ ކާޕެޓް ނަގަން އެންގި އެންގުމަކަށެވެ.

މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތަކަކީ މުޅީންވެސް ހެޔުއެދޭ ފަރާތް ތަކުން ހުޅުދޫ މިސްކިތްތަކަށް ހަދިޔާކޮށްފައިވާ ކާޕެޓްތަކެކެވެ. މީގެ އިތުން އާންމު ފަރާތްތަކުން ހަދިޔާކޮށްގެން އާބާތުރަ ފިލުވުމުގެ ގޮތުން ކުލަލާއި ސާފުކުރުމުގެ މަސައްކަތް ބައެއް މިސްކިތް ތަކުގައި ކޮށްފައިވެއެވެ. އާންމު އުސޫލުން ކޮންމެ ރޯދަމަހަކާއި ދިމާކޮށް އަވަށު އޮފީހުން މިސްކިތް ތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކޮންޓްރެކުޓް އުސޫލުން މަސައްކަތް ކުރުވައެވެ. އެކަމަށް ހާއްސަ ބަޖެޓެއްވެސް ކަނޑައެޅިފައި އޮވެއެވެ. ނަމަވެސް މި މި ރޯދަމަހާއި ދިމާކޮށް، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން، އަވަށު އޮފީހުން އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮންޓްރެކްޓް އުސޫލުން ކުރުވާފަ ނުވެއެވެ.