ސަފުހާޚަބަރުރިޕޯޓްކުޅިވަރު
21 މާރިޗް 2023
ހުޅުދޫ މަސްޖިދުލް ވަޙްދާގައި ރޯދަމަހު ހިފްޒްކޮށް ތަރާވީޙް ނަމާކުރުމަށް ހަމަޖެހިފައިވާ އިމާމު މިއަދު ހުޅުދުއަށް ދުރުވެއްޖެއެެވެ.

ހުޅުދޫ އަންހެނުންގެ ޖަމްއިއްޔާ އިސްނަންގަވައިގެން ހުޅުދޫ މަސްޖިދުލް ވަހުދާގައި ހިފްޒްކޮށް ތަރާވީޙް ކުރުމަށް ގެނެސްފައިވާ އިމާމަކީ އިންޑިޔާގެ ބޭކަލެއްކަމަށްވާ އަލްޙާފިޒް އިރުފާން އިޤްބާލް ޢަލީ ޢީސާ ޕަޓޭލްއެވެ. އިރުފާންއަކީ އިންޑިޔާގެ ޖާމިޔާ އުލޫމުލް ޤުރުއާންއިން މަތީތައުލީމު ހާސިލުކޮށްފައިވާ ޤުރުއާން ހިތުދަސް ބޭކަލެކެވެ. އިރުފާންވަނީ މީގެ ކުރިންވެސް މަސްޖިދުލް ވަހުދާގައި ހިފްޒްކޮށް ތަރާވީޙް ނަމާދު ކޮށްފައެވެ. ހުޅުދޫވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫ އަންހެނުންގެ ގުޅުމުން އިމާމު ގެނެސްފައިވަނީ ވިޔަފާރިވެރިންނާއި ހުޅުދޫ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެއްބާރުލުމާއެކުގައެވެ.

ހުޅޫވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްޖިދު އަބްދުﷲ ބިން ޢިބްރާހީމްގައިވެސް ޙިފްޒްކޮށް ތަރާވީހު ނަމާދު ކުރުމަށް ބޭރުން ހާފިޒަކު ގެނައުމުގެ މަސައްކަތް ވިޔަފާރިވެރިޔަކު ކުރައްވަމުން އެބަ ގެންދަވައެވެ.