ސަފުހާޚަބަރުރިޕޯޓްކުޅިވަރު
17 މާރިޗް 2023
ހުޅުމީދޫ ފަޔާސްޓޭޝަންއާއި ހުޅުދޫ އަންހެނުންގެ ގުޅުން ޖަމްއިއްޔާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވާނެގޮތުގެ ހަވީރެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ހުޅުދޫ ކަނބަލުންގެ ޕާކުގައި ބޭއްވުނު ކުލާސް ނަންގަވައި ދެއްވީ އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑު، ހުޅުމީދޫ ފަޔާރ ސްޓޭޝަންގެ ފަޔާރ އިންޓްރަކްޓަރުންނެވެ. މި ކުލާހުގައި އަލިފާން ރޯވާން ދިމާވާ މައިގަނޑު ސަބަބުތަކާއި ފަރުވާ ބަހައްޓަން ޖެހޭ ކަންކަން މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި ގޭސް ލީކް ދެނެގަންނާނެ ގޮތާއި އެކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކަށްެވެސް އަލިއަޅުވާލެއްވިއެވެ. އަދި ރޯވެފައިހުންނަށް އަލިފާން ރައްކާތެރި ކަމާއިއެކު ނިއްވާލަން ދަސްކޮށްދީ، އަލިފާން ނިއްވާލުމުގައި ކުލާހުގެ ބައިވެރިން އަމަލީގޮތުން ބައިވަރި ކުރުވިއެވެ. މި ކުލާހަކީ އާންމުކޮށް ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެމް.އެން.ޑީ.އެފްއިން ކުރިއަށް ގެންދަވާ ކުލާހެކެވެ.

ފަޔާރް ޕްރިވެންޝަން ހާވީރު ނިންމާލެއްވީ ހުޅުދޫ އަންހުނުންގެ ގުޅުމުގެ ހާއްސަ މާހެފުމަކަށް ފަހުއެވެ.