ސަފުހާޚަބަރުރިޕޯޓްކުޅިވަރު
28 ފެބުރުވަރީ 2023
މި ސަރުކާރުން ތަރައްގީކުރާ ޓާފް ދަނޑުތަކަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝީންގެ ތެރެއިން ހުޅުދޫއަށް ލިބުނު މެޝިންއާއި ހުޅުދޫ އޮފީހުން ހަވާލުވާނެ މީހަކު ނުވެގެން، ށ. އަތޮޅުގެ ރަށަކަށް އެ މެޝިން ޔޫތް މިނިސްޓްރީއިން ދީފިއެވެ.

މި މެޝީނަކީ ޓާފް ދަނޑުތައް ރަނގަޅު ފެންވަރެއްގައި ބޭއްވުމަޢްޓަކައި ބްރަޝް ކުރަން ޖެހޭތީ، ޔޫތް މިނިސްޓްރީއިން ހަދިޔާ ކުރަމުން ގެންދާ މެޝިންތަކުގެ ތެރެއިން މެޝިނެކެވެ. ޖުލައި 5 2022 ގައި ހެންވޭރު ދަނޑުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދައްކާލެވުނު 25 މެޝިން ރާއްޖޭގެ އެކި ރަށްރަށަށް ބެހި އިރު އޭގެ ތެރެއިން 2 މެޝިން އައްޑޫ ސިޓީއަށް ލިބުނެވެ. އެ 2 މެޝިންގެ ތެރެއިން 1 މެޝިން ލިބުނީ ހުޅުދޫއަށެވެ. އެ މެޝިންްއާއި ހަވާލުވާން ހުޅުދޫ އޮފީހަށް އެތައްފަހަރެއްގެ މަތިން، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ޔޫތް މިނިސްޓްރީއިން ވަނީ އަންގާފައެވެ. ނަމަވެސް އެއާއި ހަވާލުވެ ހުޅުދޫއަށް ގެންނަަން ކުރަންޖެހޭ މަސައްކަތް ކުރާނެ މީހަކު ނެތިގެން، އެންމެ ފަހުން ޔޫތް މިނިސްޓްރީވަނީ އެ މެޝިން ށ. އަތޮޅު ރަށަކަށް ދީފައެވެ.

ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މެޝީން ނުގެނެސްގެން ހުޅުދޫގެ ޒުވާނުންވެސް ވަނީ އެތައްފަހަރެއްގެ މަތިން ރަށު އޮފީހުގައި ޝަކުވާކޮށް މި ގެނެވޭނެ އިންތިޒާމެއް ހަަމަޖައްދެއްވުމަށް އެދި ދަންނަވާފައެވެ.