ސަފުހާޚަބަރުރިޕޯޓްކުޅިވަރު
26 ފެބުރުވަރީ 2023
އެމް.ޑީ.ޕީ ހުޅުދޫ ދާއިރާގެ ނާއިބު ރައީސް އަޙްމަދު ޒާހިދު (ވެރޯން) މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ. ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުންގައި، ވެރޯން، ހުޅުދޫ ދާއިރާގެ ނާއިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ މި މަހު 28 އިން ފެށިގެންނެވެ.

މި ކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް ޒާހިދުއަށް ގުޅުމުން، ފޯނަށް ޖަވާބު ނުދެެެއްވާތީ، ޒާހިދުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް ހުޅުދޫ ވޮއިސް އިން ކުރި މެސެޖަކަށް ޖަވާބު ދެއްވައި ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމަވާފައި ވާ ކަމަށާއި އިސްތިއުފާގެ ސިޓީ އެމް.ޑީ.ޕީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޒާހިދު އިސްތިއުފާ ދެއްވުމުގެ ކުރިން އެމް.ޑީ.ޕީ ހުޅުދޫ ދާއިރާއަށް އިންތިހާބު ކުރެވުނު އެހެން ދެ ބޭފުޅަކުވެސް ވަނީ އިސްތިއުފާ ދެއްވާއެވެ، އެއީ ސެކްރަޓަރީ ފާތިމަތު ސައިދާ މުތީއުއާއި ސެކްރަޓަރީގެ ނާއިބު މުރުޝިދުއެވެ. ޒާހިދު އަކީ ހުޅުދޫ ދާއިރާ އެމް.ޑީ.ޕީ ހަރަކާތް ތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާ ކެމްޕެއިން ކުރެއްވުމުގައި ވަރަށް އާދަޔާ ހިލާފު އުކުޅު ގެންގުޅުއްވާ ހުނަރުވެެރި ބޭފުޅެކެވެ.