ސަފުހާޚަބަރުރިޕޯޓްކުޅިވަރު
13 އޮކްޓޯބަރ 2022
ގާނޫނުއަސާސީއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިދިޔަ މަހު 1 ގައި ހެލްތް މިނިސްޓްރީގެ ސީނިޔާ އެގްޒެކްޓިވެ މަގާމަށް އައްޔަން ކުރެއްވި، ހުޅުދޫ ދާއިރާގެ ކުރީގެ ކައުންސެލަރ އިބުރާހިމް ޝުކުރީއާއި މަގާމުގެ މަސްއޫލިއްޔަތެއް އަދިވެސް ހަވާލެއް ނުކުރައްވައެވެ. އިބުރާހީމް ޝުކުރީ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުދޫގައި ވަރަށް ފަހުން ހުޅުވުނު "ވިލުނު" ޑިޓޮކްސް ސެންޓަރ އިސް ވެރިއެއްގެ ގޮތުގައެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރުވެސް މިނިސްޓްރީގެ ވަޒީފާއަށް ނެރެ އެއްވެސް މަސްއޫލިއްޔަތެއް ހަވާލެއް ނުކުރެއެވެ. މި މައްސަލައިގައި ވެގެން އުޅޭގޮތެއް ބަލައި ކުރިއެރުމެއް ލިބޭތޯ ޝުކުރީވަނީ އެތަށްފަހަރެއްގެ މަތިން ރައީސް އޮފީހަށާއި ހެލްތް މިނިސްޓްރީގެ ކަމާބަހޭ ބޭފުޅުންނާއި ވާހަކަ ދައްކާފައެވެ. ނަމަވެސް އެއްވެސް ބޭފުޅަކަށް ވެގެން އުޅޭގޮތެއް ސާފުކޮށެއް ނުދެވެއެވެ.

ޝުކުރީ ތުހުމަތު ކުރައްވާ ގޮތުގައި އެ މާގަމަށް އޭނާ ނިކުތުމަށް ހުރަސް އަޅަމުން ދަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ، ނަމަވެސް އިލްޔާސް ލަބީބު އެކަން ދޮގު ކުރެއެވެ. ސަބަބަކީ އިލްޔާސްއަކީ ރައީސް ނަޝީދު ފަޅީގައި މަސައްކަތް ކުރައްވާ ބޭފުޅަކަށް ވެފައި މި ސަރުކާރުގައި ބަސް ބުނުމުގެ އެއްވެސް ބާރެއް ނެތީމައެވެ. ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމް.ޑީ.ޕީގެ ދެ ފެކުޝަންގެ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެފައިވާ މި މަގާމަށް މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާގެ ފަރާތުންވެސް ބޭފުޅުންތެކެއްގެ ނަން ހުށައެޅުނެވެ. ރޮޒެއިނާގެ ނުފޫޒުން މިހާރުވެސް ޑިޓޮކުސް ސެންޓަރއަށް ވަރަށް ގިނަ މީދޫ މީހުން ވަޒީފާއަށް ވައްދާފައިއެބަ ތިއްބެވެ. ނަމަވެސް ޝުކުރީއަށް އެތަނުގެ ވެރިއެއްގެ މަގާމު ހަމަޖެހުނީ އަލަށް ހޮވުނު އެމް.ޑީ.ޕީ ހުޅުދޫ ދާއިރާގެ ރައީސް ސާމިއު އަންވަރު މަސައްކަތް ކުރައްވައިގެން ކަމަށް ބެލެވެއެވެ. ސާމިއު މަސައްކަތް ކުރައްވަނީ މި ސަރުކާރުގައި އެންމެ ނުފޫޒު ގަދަ ބޭފުޅުން ތެރޭ ހިމެނި ވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާއިއެކުއެވެ.

މި މައްސަލަގައި ޝުކުރީ މިވަގުތު ހުންނެވީ ވާނުވާ ނޭނގި ހަދާނެތް ގޮތްހުސްވެ މާޔޫސްވެފައެވެ. އެމް.ޑީ.ޕީއަށް ނުހަނު ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ޝުކުރީއާއި ދެތެރޭ އެމް.ޑީ.ޕީ ތެރެއިން ބަޔަކު މިހާ އިހާނެތިކޮށް ހެދުމުން، ޝުކުރީ މި ވަގުތު ހުންނެވީ އެމް.ޑީ.ޕީ ދޫކޮށް، އެހެން ގޮތެއް ހޯދުމުގު ވިސްނުމުގައެވެ.