ސަފުހާޚަބަރުރިޕޯޓްކުޅިވަރު
01 އޮކްޓޯބަރ 2022
މޯޑް މާ ގިނައިން ކާއްޓާއި ކުރުނބާ ހިފައިގެން ދަނިކޮށް އަހާލީމެވެ. ބަލަ މޯޑް ކޮންތަނަކުން ގަނެގެން ގެންދާ އެއްޗެއްތޯ؟ މޯޑް ބުނެލިއެވެ. ހެރެތެރެ ރިސޯޓްން! ދެން ދިމާވީ އަހްމަދުއާއި އެވެ. ސައިކަލުގައި މާފިށިމަގުން މާ ބާރަށް ދުއްވާފައި ދަނިކޮށް ހުއްޓުވާ ދާ ތަނެއް އެހީމެވެ. ޖަވާބަކަށްވީ ސައިކަލަށް ޕެޓްރޯލް އަޅަން ދާ ވާހަކައެވެ. ހައިރާން ވެފައި އަޅުގަނޑު އެހީމެވެ، މި ހިސާބުން ޕްޓްރޯލް ލިބޭތަ؟ އާން! ހެރެތެރެ ރިސޯޓްން ޕެޓްރޯލް އެޅޭ!!، އެމީހުން ވަރަށް އަގުހެޔޮކޮށް ވިއްކާ.... 19 ރުފިޔާއަށް ލީޓަރެއް ލިބޭ...! އަހްމަދު ޖަވާބުގައި ބުނެލިއެވެ.

ވެގެން މި އުޅޭގޮތެއް ބަލާލާނަމޭ ހިތާ، ހަބަރު ދަބަރު ބަލާލީމެވެ. އާދެ ހުޅުދޫއާއި ޖެހިގެން އޮންނަށް ކެނަރީފް ރިސޯޓްން ގެސްޓް ވިޔަފާއި ނޫން އެހެން ހުރިހާ ވިޔަފާރިއެއް އެބަ ކުރެއެވެ. އޭގެ ތެރޭގައި ކާއްޓާއި ކުރުނބާ ވިއްކުން، ޕެޓްރޯލް، ޑީސަލް ވިއްކުން އަދި ރަށުތެރެއަށް ބޭނުންވާ އެހެނިހެން ސާމާނު ދަނީ ވިއްކަމުންމެވެ. ކޮންމެ މީހަކުވެސް ޖެހެނީ ހެރެތެރެ ރިސޯޓްގެ ޗެނަލް ކައިރިއަށް ގޮސް ބޭނުންވާ އެއްޗެއް ބުނެލާށެވެ. އެއެއްޗެއް ގަންނަން ލިބެއެވެ. ހާއްސަކޮށް ޕެޓްރޯލް އަދީ ޑީސަލް ވިއްކަނީ މާކެޓް އަގަށްވުރެ އަގުހެޔޮކޮށެވެ.

ހުޅުދޫ ވޮއިސްއިން ބެލި ބެލުމުން އެނގުނީ މިވިޔަފާރިއަކީ މެނޭޖްމަންޓަށް އެނގިގެން އެތަނުގެ ވެރިން ކުރަމުން އަންނަށް ވިޔަފާރިއެއްކަމެވެ. ސަރުކާރުން ހުއްދަ ދޫކޮށްފައިވާ ރިސޯޓް/ގެސްޓް ވިޔަފާރި ނުކޮށް، މި ކުރަނީ އެހެން ވިޔަފާރިއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ކައުސިލްގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގިފައި ނުވެއެވެ. ކެނަރީފް ހެރެތެރެ ރިސޯޓްން ރަށުތެރެއަށް ބަނގުރަލާއި އެހެނިހެން ސާމާނުވެސް އެތެރެ ކުރާކަމަށް ރައްޔިތުން އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް މިހާ ފުޅާކޮށް ފާޅުކަން ބޮޑު ގޮތެއްގައި ޕެޓްރޯލްފަދަ ތަކެތި މީގެ ކުރިން ވިއްކާފައި ނުވެއެވެ.