ސަފުހާޚަބަރުރިޕޯޓްކުޅިވަރު
30 ޖޫން 2022
އައްޑޫ އީދި ސަމާގެ ނަމުގައި ހުޅުދޫގައި އިދު ފާހަނގަ ކުރަން ހުޅުދޫ އަވަށު އޮފީހުން ނިންމައިފިއެވެ. 5 ދުވަހުގެ ހަރަކާތްތެއްގެ ގޮތުގައި ދެމިގެން ދާ އީދި ސަމާގައި އެކިއެކި ކުޅިވަރު ހިމަނާފައިވެއެވެ. ތިރީގައި އެވަނީ ހަރަކާތް ރޭވިފައި ވާ ގޮތުގެ ތަފުސީލެވެ.

އީދު ވިލޭރޭ ހަރަކާތްތައް.
* އީދު ޝޯ * ޑްރާމާ ކުޅުން * ފެންސީ ޑްރެސް * ބޮޑުބެރު ޖެހުން * ބީ.ބީ.ކިއު ހެދުން *
ކޮރޮދަން ޖެހުން.

އަޟްހާ އީދު ދުވަހުގެ ހަރަކާތްތައް.
* އީދު ނަމާދު ކުރުން * އީދު ސައި * އުޟުހިޔާ ކަތިލުން * ކުލަ ޖެހުން * ފެންކުޅި ކުޅުން * ލަކީ
ޑުރޯ * ބިދޭސީންގެ ކްރިކެޓް

ދެވަނަ ދުވަސް
* ސްލޯ ބައިސިކަލް ރޭސް * ބައިސިކަލް ރޭސް * އެކި ޒަމާނުގެ ހެދުން ދެއްކުން * ފެންސީ ގޭމްސް
* މަސްވެރިންގެ ވާ ދެމުން * ބައިބަލާ

ތިންވަނަ ދުވަސް
* އަންހެންނުންނާއި ފިރިހެނުންގެ ބަށިމެޗް * ޑިގު ކުޅުން * ޓްރެޝާ ހަންޓް
ހަތަރުވަނަ ދުވަސް * ބިދޭސީންގެ ކަބަޑި * ގުމްބަރޮ މުބާރާތް * ޓެގް ބޯލް * ނޭމާސް 5 މެޗް

ފަސްވަނަ ދުވަސް
* މަސް ދަތުރު * ކެއްކުމުގެ މުބާރާތް * ޒުވާނުންނާއި މުސްކުޅިން(35+)ގެ ފުޓުބޯޅަ މެޗް *
ބިދޭސީންގެ ވާ ދެމުން.

ހުޅުދޫގައި އަޟްހާއީދު ފާހަނގަ ކުރާއިރު މީދޫ އަދި ހިތަދޫގައިވެސް ވަރަށް ކުލަ ގަދަކޮށް އީދު ފާހަނގަކޮށް ކުޅިވަރު ކުޅެން ރާވަމުން އެބަގެންދަވައެވެ. މިކަމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރަނީ ކީހާ ވަރެއްގެ ފާއިސާއެއްކެމެއް އަދި ސާފެއްނުވެއެވެ.