
0
މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަނގަ ކޮށްފި.
| 28 ޖޫން 2022 | 12:56:35
މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ހުޅުމިދޫ ވިލުނުގައި ފާހަނގަ ކޮށްފިއެވެ. އެންޑީއޭ އާއި ހުޅުދޫ ހެލްތް ސޯޝަލް ކެއަރ (އެޗް.އެސް.ސީ)އާއި ގުޅިގެން ބޭއްވުނު ހަފުލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރުއެވެ. މި ހަފުލާގައި މޭޔަރ އަލީ ނިޒާރުގެ ވާހަކަފުޅުގައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން މުޖުތަމައުއަށް ނެރުމުގައި މުޖުތަމައުގެ އެއްބާރުލުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުވާފައިވެއެވެ. މިގޮތުން ފަރުވާ ހޯދަމުންދާ ޒުވާނުންނަށް، އާއިލާ ތެރެއިންނާއި މުޖުތަމުއު އެންމެންގެ ފަރާތުން ދެވެންއޮތް އެހީތެރި ކަމެއް ދެއްވައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބައިވެރިވެ ދެއްވުމަށް އެދިލެއްވިއެވެ.
މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ހުޅުމީދޫ ގާއިމު ކުރުވުނު ޑްރަގު ރިހިބިލިޓޭޝަން ސެންޓަރު ވިލުނުގައި މި ވަގުތު ޑިޓޮކްސިޕިކޭޝަންސް ފަރުވާއާއި ތެރަޕިއުޓިކް ފަރުވާގެ އިތުރުން މުޖުތަމައުއަށް ދޫކޮށްފައި ތިބޭ ފަރާތްތަކަށް ދޭން ޖެހޭ ހިދުމަތްތައް ލިބެން ހުރެއެވެ.
މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހާއި ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރޭފައި ހިމެނޭ އާއިލީ ހަވީރެއް މިއަދު ހަވީރު 4 އިން 6 އަށް ޕޮލިސް ދަނޑުގައި ބޭއްވުމަށްވަނީ ހަމަ ޖެހިފައިވެއެވެ.
މިލިޔުން ކިޔާލުމުން
ކޮމެންޓްތައް