ސަފުހާޚަބަރުރިޕޯޓްކުޅިވަރު
13 ޖޫން 2022
އައްޑޫ ސިޓީ "އިންޓަރ ސްކޫލް އަންޑަރ ސިކްސްޓީން" މުބާރާތުގެ ފައިނަލްގައި ސ. އަތޮޅު މަދަރުސާއާއި ހިތަދޫ ސްކޫލް މިއަދު ބައްދަލު ކުރި މެޗް 2 – 1 ގެ ނަތީޖާ އިން ހިތަދޫ ސްކޫލް ކާމިޔާބު ކޮއްފިއެވެ.

އިއްޔެ ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ދެ ޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ފުރަތަމަ ގޯލް އަކީ މެޗްގެ 10ވަނަ މިނިޓްގައި އަތޮޅުމަދަރުސާ ޓީމްގެ ޖާޒީ ނަމްބަރ 20، ހުސެއިން ސުމީން އަތުން ބައިކޮޅަށް ވަން ގޯލެއެވެ. މެޗްގެ ދެވަނަ ގޯލް އަތޮޅު މަދަރުސާގެ ހަސަން ޒަމީލް ޖަހައި މެޗްގެ ނަތީހާ ހަމަހަމަ ކޮއްފައިވަނިކޮށް ހިތަދޫ ސްކޫލް ޓީމްގެ ކުޅުން ރަނގަޅުކޮށް މެޗްގެ 63 ވަނަ ލަނޑެއް ޖަހާ ކުރި ހޯދިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 21 އަހުމަދު އަރުސަލަން ރޫހުލް އަމީންއެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު ފައިނަލް މެޗް ބެލުމަށާއި އަތޮޅުމަދަރުސާ ޓީމަށް ހިއްވަރު ދިނުމަށް ސްކޫލް ޓީޗަރުންނާއި ބެލެނިވެރިންގެ ތެރެއިން ގިނަ ބަޔަކު އިއްޔެ ހިތަދުއަށް ދަތުރު ކުރިއެވެ.