ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރުކެނޑިޑޭޓުން
ޕީއެންސީ ވެހިކަލް ބުރު
ޕީއެންސީއިން ހުޅުދޫގައި ވެހިކަލް ބުރެ ބާއްވައިފި.
އެޑްމިން
އޭޕްރިލް 4 ގައި ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބުގެ ކޭންޕެއިންގެ ތެރެއިން ހުޅުދޫގައި ވެރިކަލް ބުރެ ބާއްވައިފިއެވެ.

ހުޅުދޫ ދާއިރާ އިއްޒަތްތެރި މެންބަރު މުޙައްމަދު ޝާހިދު އިސްކޮށް ހުުންނަވައިގެން އިއްޔެ ހަވީރު ބޭއްވި މި ވެހިކަލް ބުރުގައި ވަރަށް ގިނަ އަދަދެއްގެ ވެހިކަލް ތަކާއި އާންމު ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ވެހިކަލް ބުރު ހާއްސަކޮށް ބާއްވާފައިވަނީ އޭޕްރިލް 4 ގައި ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބާ އެކުއެކީ ބޭއްވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށްް" ތާއީދު ހޯއްދެވުމަށެވެ.

މި ފެންނަށް ނުފެންނަށް ވޯޓްގައި ރައްޔިތުންނާއި ކުރާ ސުވާލަކީ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމައްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށް ފެނޭހެއްޔެވެ؟" މިހެންނެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓް ކަރުދާހުގެ ނަމޫނާއެއް.
ކޮންމެ ފަސް އަހަރަކުން ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުއެކީ ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ލީޑަރުންވެސް ވާހަކަ ދައްކާފައިވެއެވެ.
ޕޯއެންސީ ހައުސް ފޮޓޯ
މިލިޔުން ކިޔާލުމުން
50%
50%


ކޮމެންޓްތައް