ސަފުހާޚަބަރުރިޕޯޓްކުޅިވަރު
22 މާރިޗް 2023
އެމް.ޑީ.ޕީ ހުޅުދޫ ދާއިރާގެ ރައީސް ސާމިއު އަންވަރު، ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިިއުޓީ މިނިސްޓަރއަކަށް އައްޔަން ކުރައްވައިފިއެވެ.

މެލޭޝިޔާގައި ތައުލީމު ހާސިލުކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން، ސާމިއު ބޮޑަށް މަސައްކަތް ކުރައްވާފައިވަނީ އަމިއްލަ ވިޔަފާރީގައެވެ. ނަމަވެސް ވަރަަށް ފަހުން ސިޔާސީ ދާއިރާއަށް ނިކުމެ ވަޑައިގެން ކުރިއެރުން ތަކެއް ހޯއްދަވައި އެމް.ޑީ.ޕީ ހުޅުދޫ ދާއިރާގެ ރައީސްކަމަށް ހޮވިވަޑައިގަތީ ސެޕްޓެމްބަރ 2021 ގައި ބޭއްވުނު އެމް.ޑީ.ޕީ ދާއިރާތަކުގެ އިންތިހާބުގައެވެ. މި ވެެރިކަމުގައި އެމް.ޑީ.ޕީ ދެ ފެކްޝަނަކަށް ބެހިގެން ދިޔައިރު ސާމިއު އަންވަރު ސިޔާސީ މަސައްކަތް ކުރައްވަން އިޙްތިޔާރު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ޓީމްގައެވެ

ޓުއަރިޒަމް މިނިސްޓްރީގައި ސާމިއު އަންވަރުއާއި އެކު މިވަގުތު 4 ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވިއެވެ.

މަރުޙަބާ ސާމިޢު އަންވަރު – ހުޅުދޫ ވޮއިސް ޓީމް.