ސަފުހާޚަބަރުރިޕޯޓްކުޅިވަރު
16 މާރިޗް 2023
ހުޅުދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންގެންދާ އައިލެންޑް ޑޮމިނޯގެ ރޯދަ ސޭލް ފެށިގެން ކުރިއަށް އެބަ ދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސޭލް މި މަހު 22 ވަނަ ދުވަހާއި ހަމަޔަށް އޮންނާނެއެވެ. އައިލެންޑް ޑޮމިނޯއިން ކޮންމެ ރޯދަމަހަކާއި ދިމާކޮށް ބާއްވަމުން ގެންދަވާ ރޯދަ ސޭލްގައި ބަދިގެއަށް ބޭނުންވާ ހާއްސަ ސާމާނާއި ގޭގައި ހިފާ ގެންގުޅޭ ސާމާނު ވަރަށް ހެޔޮ އަގުތަކެއްގައި ވިއްކައެވެ. މިފަހަރު ސޭލްގައިވެސް ރޯދައަށް ހާއްސަ ވަރަށް ގިނަ ސާމާނު އެބަހުއްޓެވެ. އޭގެ ތެރޭގައި ތެލި، ތަށި، އަދި ތަވާ ގެ އިތުރުން ބަދިގޭގައި ގެންގުޅޭ ކަރަންޓް ސާމާނުފަދަތަކެތި ވެސް ހިމެނެއެވެ. އަދި ކޮޓަރި ޒީނަތްތެރި ކޮށްލުމަށް ބޭނުންވާ ތަކެއްޗާއި ބެޑްޝީޓްގެ އިތުރުން ފޮޅާ ސާފު ކުރުމަށް ބޭނުންވާ ސާމާނުވެސް އެބަހުއްޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުުގައި ކަސްޓަމަރުންނަށް ފަސޭހަ ކަމާއިއެކު ވިޔަފާއި ކޮއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ޑޮމިނޯއިންވަނީ މަގުމަތީގައި މޭޒުޖަހާ ސްޓޯލްއެއް ހަދާފައެވެ. ސްޓޯލް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4 އިން 6އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ. އެހެން ނަމަވެސް ފިހާރަ ހުޅުވިފައި ހުންނަށް ކޮންމެގަޑިއަކުވެސް ޑޮމިނޯއިން ސޭލް މުދާ ބައްލަވައިގަނެވޭނެއެވެ.