ސަފުހާޚަބަރުރިޕޯޓްކުޅިވަރު
05 ޖޫން 2023
ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުމީދުއަށް މިއަދު ވަޑައިގެންފިއެވެ.

އައްޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ފައްޓަވައި ދެއްވުމަށާއި ގަމު އިންޓަނޭޝަނަލް އެއަރ ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހުޅުދޫ އަދި މީދުއަށް ވަޑައިގެން، މި ސަރުކާރުން ދާދި ފަހުން ބިނާ ކުރެއްވި ޑިޓޮކްސް ސެންޓަރ ވިލުނުއަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވައި، ވެރިންނާއި އަދި މުވައްޒަފުންނާއި ބައްދަލު ކުރެއްވިއެވެ. އެއަށްފަހު ރައީސް ވަނީ ހުޅުދޫ އަދީ މީދޫގެ އެމް.ޑީ.ޕީ ކޭމްޕެއިން ޓީމުތަކައި ބައްދަލު މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުން ބޭއްވުނީ މީދޫ އަވަށު ޝަމްސުއްދީން ސްކޫލްގައެވެ. މި ބައްދަލު ވުމުގައި އެ ޕާޓިއަށް އަލަށް ގުޅުވަަޑައިގަތް ދެ އަވަށުގެ ބޭފުޅުންގެ ފޯމް ރައީސްއާއި ހަވާލުކޮއްދެއްވުން އޮތެވެ. ފޯމްތަ ހަވާލު ކޮއްދެއްވީ އެމް.ޑީ.ޕީގެ ހުޅުދޫ ދާއިރާގެ ރައީސް ސާމިއު އަންވަރުއާއި މީދޫ ދާއިރާގެ ރައީސާ މަރިޔަމް ނިއުމާއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ހުޅުމީދޫއިން ފުރާވަޑައިގަތީ މިއަދު 11:30 ގައެވެ.